
މަސްތުވާތަކެއްޗާއެކު ދުވާފަރުން 2 މީހަކު ހައްޔަރުކޮށްފި
# ފުލުހުން# ރ ދުވާފަރު# މަސްތުވާތަކެތީގެ މައްސަލަމަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހުން- ފޮޓޯ: ޕޮލިސް
މަސްތުވާތަކެއްޗާއެކު ދުވާފަރުން 2 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ވިދުވަރު/ ރ.އިންނަމާދޫ، މުހައްމަދު ސަމޫހް (25އ) އަދި ރޯޝަން/ މިސްކިތްމަގު، ޏ.ފުވައްމުލައް، އިބްރާހީމް ސަލާހު (32އ) އެވެ.
އެ ދެމީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅު ވިޔަފާރިކުރާކަމަށް ތުހުމަތުގައި ކަމަށް ފުލުހުން ބުންޏެވެ. އަދި މި މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އާއި ދުވާފަރު ޕޮލިހުން ގުޅިގެން މިދިޔަ އަންގާރަ ދުވަހު ހިންގި އޮޕަރޭޝަންގަ އެވެ.
ފުލުހުން ބުނީ އެ ދެމީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 6 ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ.
މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުހައްމަދު ސާލިހު 10 ދުވަހަށް އަދި އިބްރާހީމްސަލާހް 12 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.





