logoEN
WAMCO TOP 1
އާޖެންޓީނާ އާއި އިންގްލެންޑް މެޗުގެ ފޯރީގައި އާންމުންނަށް އުނދަގޫ ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި

އާޖެންޓީނާ އާއި އިންގްލެންޑް މެޗުގެ ފޯރީގައި އާންމުންނަށް އުނދަގޫ ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި

# ދިވެހި ފުލުހުންގެ ޙިދުމަތް# ފީފާ ވޯލްޑްކަޕް 2026

މާފަންނު ސަރަހައްދުގައި ބޮޑު ސްކްރީނުގައި މީހުން އާޖެންޓީނާ އާ އޮސްޓްރިއާ ބައްދަލުކުރި މެޗު ބަލަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިރޭ އާޖެންޓީނާ އާއި އިންގްލެންޑް ބައްދަލުކުރާ ފޯރިގަދަ ފުޓުބޯޅަ މެޗު ބަލަން ސަޕޯޓަރުން ތައްޔާރުވަމުންދާއިރު، އުފާފާޅުކުރުމުގައި އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމްކުރުމަށާއި އަމާންކަން ގެއްލިދާނެ އެއްވެސް ކަމެއް ނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

THE TRAVELLER AD

ފުލުހުންގެ ޚިދުމަތުން، ދަންވަރުގެ ވަގުތުތަކަކީ ގިނަ ރައްޔިތުން އަރާމުކުރާ ވަގުތުތަކަކަށް ވުމާއެކު، އާންމު މަގުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އަޑުގަދަކުރުމާއި، ބާރަށް ލަވަޖެހުމާއި، އުޅަނދުފަހަރުގެ ބަރުގޮނު އެޅުން ފަދަ، އެހެންމީހުންނަށް އުނދަގޫވާނޭ ކަންކަމުން ދުރުހެލިވުމަށް ހަނދާންކޮށްދޭ ކަމަށެވެ.

މީގެ އިތުރުން، އާންމު ސަރަހައްދުތަކުގައި ބަހައްޓާފައިވާ ސްކްރީންތަކުން މެޗު ބަލާއިރު، މަގު ބޭނުންކުރާ އެހެނިހެން ފަރާތްތަކަށް ދަތިވާނެހެން ސައިކަލުތައް މަޑުކޮށްގެން ނުތިބުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި މެޗު ނިމުމަށްފަހު ބައިބަޔަށް އެއްވުމާއި، ސައިކަލު ބުރު ޖެހުން ފަދަ ކަންކަން ނުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ފުލުހުންގެ ޚިދުމަތުން ފާހަގަކުރި ގޮތުގައި މިފަދަ ހަރަކާތްތަކުގެ ސަބަބުން އަވަށްޓެރިންނަށް އުނދަގޫވެ، މަގު ބޭނުންކުރާ އެހެންމީހުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވެދާނެއެވެ.

ވުމާއެކު، މެޗުގެ ފޯރީގައި ބައިވެރިވާއިރު، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި އަވައްޓެރިންގެ ހައްގުތަކަށް އިސްކަންދިނުމަކީ ނުހަނު މުހިންމު ކަމެއް ކަމުގައި އެ ޚިދުމަތުން ބުންޏެވެ.

ކޮމެންޓް
ފަހުގެ
HDC