
މަސްތުވާތަކެތީގެ އައްޑާއެއްގެ ތުހުމަތުގައި މާލޭގެ "ލޭންޑްއޮފްގާރޑްން" ގެ ބައެއް ބަންދުކުރަން އަމުރުކޮށްފި
# ދިވެހި ފުލުހުންގެ ޙިދުމަތް-
މާލެ ސިޓީގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، މ. ލޭންޑްއޮފްގާރޑްންގެ ބައެއް ބަންދުކުރުމަށް ކޯޓުން ޚާއްސަ އަމުރެއް ނެރެފިއެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރުގެ ދަށުން އެ ތަން ބަންދުކޮށްފައިވަނީ 2026 ޖުލައި 13 އިން ފެށިގެން އޮކްޓޯބަރު 11 ގެ ނިޔަލަށް، 3 މަސްދުވަހުގެ މުއްދަތަށެވެ.
މިއީ މާލެ ސިޓީގައި މަސްތުވާތަކެތީގެ ޚިދުމަތްދޭ ތަންތަން ބަންދުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަހަރު ބަންދުކުރެވުނު 6 ވަނަ ތަނެވެ.
ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މެއި މަހުން ފެށިގެން މިހާތަނަށް މާލޭގެ އިތުރު 5 ތަނެއް ވަނީ ކޯޓު އަމުރުގެ ދަށުން 3 މަސްދުވަހަށް ބަންދުކޮށްފައެވެ. އެ ތަންތަނަކީ:
- ހ. ގުންޒަރު: 6 މެއި 2026 އިން 3 އޮގަސްޓު 2026 އަށް
- މ. ތަރިވިލާގެ: 22 މެއި 2026 އިން 22 އޮގަސްޓު 2026 އަށް
- މ. އަމީރާމަންޒިލް (ގެ ބައެއް): 1 ޖޫން 2026 އިން 1 ސެޕްޓެމްބަރު 2026 އަށް
- މއ. ޑޭލައިޓްހައުސް (ސެވަން އެންޑް ހައުސް): 11 ޖޫން 2026 އިން 9 ސެޕްޓެމްބަރު 2026 އަށް
- ހ. ކަނޑުފިނިގެ (ފުރަތަމަ ފަންގިފިލާގެ 1 ކޮޓަރި): 25 ޖޫން 2026 އިން 24 ސެޕްޓެމްބަރު 2026 އަށް
ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ގާނޫނީ ގޮތުން ބޮޑު ކުށެކެވެ. ފުލުހުން ވަނީ މިފަދަ ތަންތަނަށް ހުއްދަނެތި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައެވެ.
މާލެ ސިޓީގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
އަދި ގާނޫނުން ލިބިދީފައިވާ ބާރުތަކުގެ ދަށުން މަސްތުވާތަކެތީގެ އައްޑާތައް ހޯދައި ބަންދުކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްގެންދާނެ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
ގުޅުންހުރި

ހޯރަފުށީގެ ކުޑަކުދިންގެ މަރުކަޒުގެ ތިން ކުއްޖަކު މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

މަސްތުވާތަކެތީގެ އައްޑާއެއްގެ ތުހުމަތުގައި މާލޭގެ "ލޭންޑްއޮފްގާރޑްން" ގެ ބައެއް ބަންދުކުރަން އަމުރުކޮށްފި

ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ދެ މީހުން ހައްޔަރުކޮށްފި




