logoEN
WAMCO TOP 1
އަކާންޝާގެ ކައިވެނީގައި އެންމެން ރޮއްވާލި އާލިއާގެ އަސަރުގަދަ ސްޕީޗް!

އަކާންޝާގެ ކައިވެނީގައި އެންމެން ރޮއްވާލި އާލިއާގެ އަސަރުގަދަ ސްޕީޗް!

ސާރާ އަހުމަދު

logo

7/16/2026, 8:51:00 AM

# ބޮލީވުޑް

--

އެކްޓަރު އަކާންޝާ ރަންޖަން އަދި ފިލްމު އުފެއްދުންތެރިޔާ ޝަރަން ޝަރުމާގެ ހިތްގައިމު ކައިވެނިން މުޅި ސޯޝަލް މީޑިއާ ވަނީ ހަލަބޮލިވެފައެވެ.

THE TRAVELLER AD

މި ކައިވެންޏަކީ ގިނަ އަދަދެއްގެ ތަރިން ބައިވެރިވި ފުރިހަމަ ހަފުލާއަކަށް ވީނަމަވެސް، މުޅި ހަފުލާގެ ސަމާލުކަން އަތުލީ އާލިއާ ބަޓްގެ އަސަރުގަދަ ވަގުތުކޮޅަކުންނެވެ.

އެމީހުންގެ ކައިވެނީގެ ހަފުލާއަކީ ހަމައެކަނި އާއިލާ އާއި ގާތް ރައްޓެހިން ބައިވެރިވި ވަރަށް ޚާއްޞަ، ހަފުލާއެކެވެ. މީގެތެރޭގައި ހިމެނޭ، އަކާންޝާގެ ކުޑައިރުގެ އެންމެ ގާތް އެކުވެރިޔާ އާލިއާ ބަޓަށް، އަކާންޝާ ކައިވެނީގެ ހެދުމުގައި ހިނގާފައި އައި ވަގުތު ކަރުނަ ހިފަހައްޓައެއް ނުލެވުނެވެ.

ކައިވެނީގެ ހަފުލާގެ ތެރެއިން އާންމުވި ވީޑިއޯއެއްގައި، އާލިއާ ވަނީ އޭނާގެ އެންމެ ގާތް އެކުވެރިޔާއަށް ޚާއްޞަކޮށް ވާހަކަދައްކާފައެވެ.

ނަމަވެސް، އެމީހުންގެ އެކުވެރިކަމުގެ ދަތުރާ ބެހޭގޮތުން ވާހަކަދައްކަމުން ދިޔައިރު، އާލިއާއަށް އޭނާގެ ޝުއޫރުތައް ކޮންޓްރޯލެއް ނުކުރެވުނެވެ. އިންޑޯ-ވެސްޓަން ސާޅިއެއްގައި ވަރަށް ފުރިހަމައަށް ހުރި އާލިއާ ބުނީ، އަކާންޝާ އަކީ ހުރިހާ އެކުވެރިންނަށްޓަކާވެސް އަބަދުވެސް ހުންނަ މީހެއް ކަމަށާ އެހެންވެ މިއަދު އޭނާ ކައިވެނީ ފެނިގެންދިޔައީ، ހުވަފެނެއް ފަދައިން ކަމަށެެވެ.

ވާހަކަ ނިންމާލަން އާލިއާ މަސައްކަތްކުރިއިރު އޭނާގެ ލޮލުން ކަރުނަ އޮހެމުންދިޔައެވެ. އަދި ހަމައެކަނި އަސަރުކުރީ އާލިއާއަކަށް ނޫނެވެ. ކެމެރާގެ މިސްރާބު ބަދަލުކޮށްލުމުން، މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރުވެސް ކަރުނަ ފޮހެމުންދިޔަ މަންޒަރު ފެނުނެވެ. މީގެއިތުރުން، އަތިޔާ ޝެޓީ އަދި ވާނީ ކަޕޫރުވެސް ރޮމުންދިޔަ މަންޒަރު ފެނުނެވެ.

މި ކައިވެނީގެ ހަފުލާގައި ބައިވެރިވި ޖާންވީ ކަޕޫރަށްވެސް މި ވަގުތުކޮޅުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަން ވީޑިއޯއިން ފެނެއެވެ.

ކޮމެންޓް
ފަހުގެ
HDC