
އިހަވަންދޫގެ ކަރަންޓުގެ ޚިދުމަތް ހަރުދަނާކުރަން 1.2 މެގަވޮޓުގެ އައު ޖެންސެޓެއް ގެންގޮސްފި
# ހއ. އިހަވަންދޫ-
ހއ. އިހަވަންދޫގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި 1.2 މެގަވޮޓުގެ އައު ޖެންސެޓެއް އެ ރަށަށް ގެންގޮސްފިއެވެ.

ފެނަކަ ކޯޕަރޭޝަނުން މައުލޫމާތު ދެއްވާ ގޮތުގައި، މި ޖެންސެޓް މިހާރު ވަނީ އިހަވަންދޫއަށް ބާލާފައެވެ. އަދި އިންޖީނު ރަސްމީކޮށް އިންސްޓޯލްކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ އެންމެހާ ފަންނީ ތައްޔާރީތައް މިހާރު ދަނީ ބާރުދުވެލީގައި ކުރަމުންނެވެ.
މިއީ ރާއްޖޭގެ އެކި ރަށްރަށުގެ އިންޖީނުގެތަކުގެ ހާލަތު ރަނގަޅުކޮށް، ރައްޔިތުންނަށް ދެވޭ އަސާސީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން، ކުންފުނިން މެދުނުކެނޑި ކުރިއަށްގެންދާ މަސައްކަތްތަކުގެ ބައެކެވެ.
މި ބޮޑު މަޝްރޫޢުގެ މަސައްކަތްތައް އެއްކޮށް ނިމި އައު ޖެންސެޓް އޮޕަރޭޝަނަށް ގެނައުމުން، އިހަވަންދޫގެ ކަރަންޓުގެ ޚިދުމަތަށް ދިމާވާ ދަތިތަކަށް ދާއިމީ އަދި ޔަގީންކަން ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ފެނަކައިން ބުނެއެވެ.
ގުޅުންހުރި

އިހަވަންދޫގެ ކަރަންޓުގެ ޚިދުމަތް ހަރުދަނާކުރަން 1.2 މެގަވޮޓުގެ އައު ޖެންސެޓެއް ގެންގޮސްފި
.jpeg&w=3840&q=75)
ހެޔޮ އެދޭ ފަރާތަކުން ހއ. އިހަވަންދޫގައި ބިނާކުރި މިސްކިތް ހުޅުވައިފި

އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބަނދަރުގެ މަސައްކަތަށް ޑްރެޖަރު އެރަށަށް!




