logoEN
WAMCO TOP 1
"އާބާދީ އެއްފަސްކުރާނީ މަޖުބޫރުކުރުމެއް ނެތި، ރައްޔިތުންގެ އެއްބަސްވުމާއެކު"

"އާބާދީ އެއްފަސްކުރާނީ މަޖުބޫރުކުރުމެއް ނެތި، ރައްޔިތުންގެ އެއްބަސްވުމާއެކު"

# މިނިސްޓްރީ އޮފް ހައުސިންގް އެންޑް އާބަން ޑިވެލޮޕްމަންޓް # މިނިސްޓަރު ޑރ.އަބްދުﷲ މުއްތޮލިބް# ރަކީދޫ

މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތޮލިބް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސަރުކާރުގެ ވިސްނުމަކީ ވ. ރަކީދޫގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުން ކަމަށް ބިނާރާ، ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވ. ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުން ކުރިއަށްގެންދާ އާބާދީތައް އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ރަކީދޫގެ ރައްޔިތުންވެސް އެހެން ރަށަކަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ރަކީދޫ ރަށްވެހިންނަށް އެހެން ރަށަކުން ގޯތި ހަވާލުކުރުމުގެ ކަންކަން ކުރިއަށްގެންދިއުމަށްޓަކައި ސާވޭއެއް ކުރިއަށް ގެންދެވުނު ނަމަވެސް، އެ ރަށުގެ ބައެއް ރައްޔިތުން އެހެން ރަށަކަށް ބަދަލުވާން ބޭނުން ނުވާކަން ވަނީ ފާހަގަކުރެވިފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

ނަމަވެސް، ސަރުކާރުގެ އަބަދުވެސް ޕޮލިސީއަކީ މަޖުބޫރުކުރުމެއް ނެތި، ހުރިހާ ރައްޔިތުންގެ ނުވަތަ ބޮޑު އަޣުލަބިއްޔަތެއްގެ އެއްބަސްވުމާއެކު އާބާދީ އެއްފަސްކުރުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އެހެންކަމުން މިކަމާ ގުޅޭ މަޝްވަރާތައް ރައްޔިތުންނާއެކު ކުރިއަށްދާ ކަމަށާއި، ރައްޔިތުން އެއްބަސްވާނަމަ މިހާރުވެސް އަމަލީ މަސައްކަތް ފަށާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި މަސައްކަތް ނުފެށި މަޑުޖެހިފައި އޮތީ ރައްޔިތުންގެ ފުރިހަމަ އެއްބަސްވުން އަދި ނުލިބޭތީ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަކީދޫއަށް ކުރެއްވި ޒިޔާރާތުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވެފައިވަނީ، ރަކީދޫގެ 80 އިންސައްތަ މީހުންގެ ތާއީދު ލިބޭނަމަ އެހެން ރަށަކަށް ރައްޔިތުން ބަދަލުކޮށްދެއްވާނެ ކަމަށެވެ.

ރަސްމީ ރަޖިސްޓްރީގައި ރަކީދޫގެ އާބާދީއަކީ 360 އެއްހާ މީހުންނެވެ. ނަމަވެސް، ވަސީލަތްތަކުގެ ދަތިކަމާއި އެކި ސަބަބުތަކާ ހުރެ މިހާރު އެ ރަށުގައި ދާއިމީކޮށް ދިރިއުޅެމުންދަނީ 60 އެއްހާ މީހުންގެ ކުޑަ އާބާދީއެކެވެ.

ކޮމެންޓް
ފަހުގެ
HDC