
--
ވ ރަކީދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމަކާއި ގާތްވެއްޖެ އެވެ.

އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަދު ބުނީ ވ ރަކީދޫ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުގެ ޢަމަލީ ހުރިހާ މަސައްކަތްތަކުގެ %99 ނިންމާލެވިފައިވާ ކަމަށެވެ. އަަދި ބާކީ އޮތް ކޮމިޝަނިންގެ މަސައްކަތް ނިންމާލެވުމާއެކު އާންމުންނާހަަމައަށް ޚިދުމަތްފޯރުކޮށްދޭން ފެށޭނެ ކަމަށްވެސް އެވުޒާރާއިން ބުނެއެވެ.
ރަކީދޫ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސާސް އީ ކުންފުންޏާއި އެވެ. އެގޮތުން ސާސްއީ އާއި މި މަސައްކަތް ހަވާލުކުރީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެވެ.
މި މަސައްކަތް ސާސްއީ އާއި އޭރު ސަރުކާރުން ހަވާލުކުރީ 29.98 މިލިއަން ދިވެހި ރުފިޔާއަށެވެ.





