logoEN
WAMCO TOP 1
ޖޯޖް އާއި ޝާލޮޓް އާއި އެކު ވިލިއަމް އާއި ކޭޓް ވިމްބަލްޑަން ފައިނަލަށް!

ޖޯޖް އާއި ޝާލޮޓް އާއި އެކު ވިލިއަމް އާއި ކޭޓް ވިމްބަލްޑަން ފައިނަލަށް!

ސާރާ އަހުމަދު

logo

7/13/2026, 12:00:54 PM

# އިނގިރޭސި ޝާހީ އާއިލާ

ޕްރިންސް ވިލިއަމް އާއި ކޭޓް މިޑްލްޓަން ، ޕްރިންސް ޖޯޖް އާއި ޕްރިންސެސް ޝާލޮޓް އާއި އެކު

ޕްރިންސް ވިލިއަމް އާއި ކޭޓް މިޑްލްޓަން ވަނީ އިއްޔެ އޮތް ވިމްބަލްޑަން ފިރިހެނުންގެ ސިންގަލްސް ފައިނަލް މެޗަށް އެމީހުންގެ ދަރިންނާއި އެކު ގޮސްފައިއެވެ.

THE TRAVELLER AD

ލަންޑަނުގައި ބޭއްވި މި ފައިނަލް މެޗަށް ޝާހީ އާއިލާ ދިޔައިރު، އުމުރުން 12 އަހަރުގެ ޕްރިންސް ޖޯޖް އާއި 11 އަހަރުގެ ޕްރިންސެސް ޝާލޮޓް ވެސް ބައިވެރިވިއެވެ.

ކޭޓް މިޑްލްޓަން ލައިގެން ހުރީ ކޮނޑުމަތިން ތިރިއަށް ރީތިކޮށް އެލިފައި ހުރި ފެހިކުލައިގެ ހެދުމެކެވެ. އަދި އޭނާގެ ލުކް ފުރިހަމަކުރުމަށް މަޑު މުށިކުލައިގެ ހީލްސްއަކާއި އެއާ ގުޅޭ އަތްދަބަހެއް ބޭނުންކޮށްފައިވެއެވެ.

މަންމަގެ ސްޓައިލާ ގުޅުވައިގެން ޕްރިންސެސް ޝާލޮޓް ލައިގެން ހުރީ ނޫކުލައިގެ ހެދުމަކާއި ހުދުކުލައިގެ ފްލެޓް ބޫޓެކެވެ.

އާއިލާގެ ފިރިހެން ބޭފުޅުން ކަމަށްވާ ވިލިއަމް އާއި ޖޯޖް ފެނުނީ ވަރަށް ރީތި ސޫޓްތަކެއްގައެވެ. ވިލިއަމް އަޅިކުލައިގެ ސޫޓަކާއެކު ނޫކުލައިގެ ގަމީހެއް ލައިގެން ހުރިއިރު، އޭނާގެ ދަރިފުޅު ޖޯޖް އިޚްތިޔާރުކުރީ ކްލާސިކް ކަޅުކުލައިގެ ސޫޓެކެވެ.

ވިލިއަމް އާއި ކޭޓް އެމީހުންގެ ދަރިންނާއެކު ވިމްބަލްޑަންއަށް ދިއުމަކީ އާއިލާގައި ވަރަށް ކުރީއްސުރެ އޮންނަ ސަގާފަތެކެވެ. މި ދެމަފިރިންގެ ތިންވަނަ ދަރިފުޅު ޕްރިންސް ލޫއީ ގޭގައި މަޑުކުރިއިރު، އެމީހުންގެ އެންމެ ދޮށީ ދަރިފުޅު ޖޯޖް އެންމެ ފުރަތަމަ މި މުބާރާތަށް ގެންދިޔައީ 2022 ވަނަ އަހަރުގެ ޖުލައި މަހުގައެވެ.

އޭގެ އެއް އަހަރު ފަހުން، ޝާލޮޓް ވެސް މި ސަގާފަތުގައި ބައިވެރިވާން ފެށިއެވެ. އެގޮތުން 2024 ޖުލައިގައި އޮތް ފައިނަލް މެޗަށް އޭނާ ދިޔައީ މަންމަ ކޭޓް އާއި ބޮޑުދައިތަ ޕިޕާ މިޑްލްޓަންއާއެކުގައެވެ.

އެ ދުވަސްވަރަކީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާކަން ކޭޓް ހާމަކުރި ފަހުން، އޭނާ އާންމުންގެ ތެރެއަށް ނުކުތް ފުރަތަމަ ފަހަރުތަކުގެ ތެރެއިން ފަހަރެކެވެ.

ކޮމެންޓް
ފަހުގެ
HDC