logoEN
WAMCO TOP 1
އިނގިރޭސިވިލާތަށް ކުރާ ދަތުރުގައި ހެރީއަށް ބަކިންހަމް ޕެލަހުން ޖާގައެއް ނުލިބުނު

އިނގިރޭސިވިލާތަށް ކުރާ ދަތުރުގައި ހެރީއަށް ބަކިންހަމް ޕެލަހުން ޖާގައެއް ނުލިބުނު

ސާރާ އަހުމަދު

logo

7/7/2026, 1:28:59 PM

# އިނގިރޭސި ޝާހީ އާއިލާ

--

އިނގިރޭސިވިލާތުގެ ޝާހީ އާއިލާ ދޫކޮށް އެމެރިކާއަށް ދިރިއުޅުން ބަދަލުކޮށްފައިވާ ޕްރިންސް ހެރީ، އޭނާގެ އުފަން ގައުމަށް ކުރަން ހަމަޖެހިފައިވާ ދަތުރުގައި ބަކިންހަމް ޕެލަސްގައި ހުރުމަށް ދިން ދައުވަތު ފަހު ވަގުތު ކެންސަލްކޮށްފިއެވެ.

THE TRAVELLER AD

ހެރީގެ ތަރުޖަމާނު ހާމަކުރި ގޮތުގައި، ގަނޑުވަރުގައި ހުރުމުގެ ފުރުސަތު ބަކިންހަމް ޕެލަހުން އަނބުރާ ގެންދިޔައީ ހެރީ އެކަމަށް ރަސްމީކޮށް އެއްބަސްވި ފަހުންނެވެ.

ހެރީ އިނގިރޭސިވިލާތަށް މި ދަނީ އޭނާ އިސްވެ 2014 ގައި އުފެއްދި "އިންވިކްޓަސް ގޭމްސް ފައުންޑޭޝަން" ގެ ޚާއްޞަ ހަފްލާއެއްގައި ބައިވެރިވުމަށެވެ.

އަދި ހަމައެއާއެކު، އިނގިރޭސި ނޫސްތަކެއް ކަމަށްވާ 'ޑެއިލީ މެއިލް' އާއި 'މެއިލް އޮން ސަންޑޭ' އާ ދެކޮޅަށް ހެރީ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް މިއަދު އިއްވުމަށް ވަނީ ހަމަޖެހިފައެވެ. ގަނޑުވަރުން ބުނާގޮތުގައި ދައުވަތު ކެންސަލްކުރަން ޖެހުނީ މި ކޯޓު މައްސަލައިގެ ހުކުމް އަންނަ ދުވަހާ ދިމާވާތީއެވެ. ނަމަވެސް ހެރީގެ ފަރާތުން ބުނީ އެ ހުކުމް އަންނާނެކަން ގަނޑުވަރަށް މާކުރިން ވެސް އެނގޭނެކަމަށާއި، ފަހު ވަގުތު ދައުވަތު ކެންސަލްކުރި ސަބަބެއް ސާފެއް ނޫން ކަމަށެވެ.

މި ދަތުރުގައި ހެރީގެ އަންހެނުން މޭގަން މާކަލް އާއި ދެ ދަރިން ބައިވެރިއެއް ނުވެއެވެ. މިއީ ވޭތުވެދިޔަ 4 އަހަރު ތެރޭގައި މުޅި އާއިލާ އެކުގައި އިނގިރޭސިވިލާތަށް ކުރަން ރޭވި ފުރަތަމަ ދަތުރު ނަމަވެސް، ފަހު ވަގުތު ހެރީ އެކަނި ދާގޮތަށް ބަދަލުކުރީއެވެ.

މި ބަދަލު ގެންނަން ޖެހުނީ، އިނގިރޭސިވިލާތުގެ ރޯޔަލް ސެކިއުރިޓީ ކޮމިޓީ އިން ހެރީގެ އާއިލާއަށް ސަރުކާރުގެ ޚަރަދުގައި ރަސްމީ ސަލާމަތީ ކަންކަން ފޯރުކޮށްދޭން ދެކޮޅު ހެދުމުންނެވެ. އެހެންކަމުން، ހެރީއަށް ޖެހުނީ އަމިއްލަ ޚަރަދުގައި ސެކިއުރިޓީ ހަމަޖައްސާށެވެ. މި ސެކިއުރިޓީ ކަންކަން ހަމަޖެއްސުމުގައި ދުވަސްތަކެއް ހޭދަވުމުގެ ސަބަބުން، ގަނޑުވަރުގައި ހުރުމުގެ ދައުވަތު ގަބޫލުކުރުން ލަސްވީ ކަމަށާއި، އެކަން ހަމަޖެހިގެން ބަކިންހަމް ޕެލަހަށް އެންގިތަނާ ދައުވަތު އަނބުރާ ގެންދިއުމުން ހެރީ ވަރަށް ބޮޑަށް މާޔޫސްވެފައިވާ ކަމަށް އޭނާގެ ތަރުޖަމާނު ބުންޏެވެ.

ކޮމެންޓް
ފަހުގެ
HDC