.jpeg&w=3840&q=75)
ކައިރިކައިރީ އިންތިހާބު ބޭއްވުމަށް އަދިވެސް ހައްލެއް ބޭނުންވޭ- ޝަކީލް
# އިލެކްޝަން ކޮމިޝަން# މުހައްމަދު ޝަކީލްއީސީގެ ރައީސް މުހައްމަދު ޝަކީލް
ކައިރިކައިރީގައި އިންތިހާބުތައް ބޭއްވުމަކީ އަދިވެސް ހައްލެއް ބޭނުންވާ ކަމެއްކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުހައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ ހަރަދާއި ކުރަންޖެހޭ މަސައްކަތަށް ބެލިނަމަވެސް ކައިރިކައިރީގައި އިންތިހާބުތައް ބޭއްވުމަކީ ނިޒާމީ ގޮތުން ބުރަ އަކަށްވާއިރު، ގާނޫނު ހަދާ މެންބަރުން އެކަމާއި މެދު ވިސްނާލަންވެސް މުހިންމު ކަމެއްކަމަށެވެ.
ޝަކީލް ވިދާޅުވީ އީސީ އަކީ ތަންފީޒީ އިދާރާއެއް ކަމަށްވުމާއެކު އިންތިހާބުތައް ބޭއްވުމުގައި މަޖިލީހުން އެކުލަވާލާ ގާނޫނުތަކަށް އެ ކޮމިޝަނުން ފުރިހަމައަށް ތަބާވާން ޖެހޭނެ ކަމަށެވެ. އަދި ކައިރިކައިރީގައި އިންތިހާބުތައް ބޭއްވުމަށް ހައްލެއް ހޯދުމަކީ އިންތިހާބުތަކަށް ކުރާ ހޭދަ ކުޑަކުރެވިގެންދާނެކަން ފާހަގަކުރައްވާ ޝަކީލް ވިދާޅުވީ މި ފައިސާއިން ރައްޔިތުންނަށް ފައިދާ ހުރި އެހެން ކަންކަން ކުރެވިގެންދާނެ ކަމަށެވެ."އިންތިހާބަށް ހޭދަކުރާ އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ސަލާމަތްކުރެވި އެ ފައިސާ ރައްޔިތުން ބޭނުންވާ އެހެން ކަމަކަށް ހޭދަކުރެވޭނެ." ޝަކީލު ވިދާޅުވި އެވެ.
މީގެއިތުރުން ޝަކީލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީ އާއި ގާނޫނުތައް އިސްލާހުކުރަންޖެހޭ ކަމަށެވެ. އެހެން އެކަން ކުރެވިއްޖެނަމަ އިންތިހާބުތައް އެކުގައި ބާއްވާނެ ކަމަށް ޝަކީލް ވިދާޅުވި އެވެ.
ނަމަވެސް ރައްޔިތުން ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ އެއްކޮށްލަން ނުފެންނަ ކަމަށް ނިންމާފަ އެވެ.
ގުޅުންހުރި
.jpeg&w=3840&q=75)
ކައިރިކައިރީ އިންތިހާބު ބޭއްވުމަށް އަދިވެސް ހައްލެއް ބޭނުންވޭ- ޝަކީލް
.jpeg&w=3840&q=75)
އީސީގެ ރައީސްކަމަށް ޝަކީލް އައްޔަންކުރަން ފާސްކޮށްފި

އީސީގެ މެމްބަރުކަމަށް ޝަކީލް ޢައްޔަންކުރައްވައިފި




