
ދ. މީދޫ ކައުންސިލް ރައީސް ހޮވުމުގެ އިންތިޚާބުގެ އިތުރު ބުރުގެ ވޯޓުލުން ކުރިއަށް؛ މިހާތަނަށް 63 އިންސައްތަ މީހުން ވޯޓުލައިފި
# އިލެކްޝަން ކޮމިޝަން-
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގައި ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި ވޯޓު އެއްވަރުވުމާ ގުޅިގެން، މިއަދު ބާއްވަމުންދާ އެ މަޤާމުގެ އިތުރު ބުރުގެ ވޯޓުލުމުގައި މެންދުރު 13:00 އާ ހަމައަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ގާތްގަނޑަކަށް 93 އިންސައްތަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި އިންތިޚާބުގެ ވޯޓުލުމުގެ ކަންކަން ހެނދުނު 8:00 އިން ފެށިގެން އަމާންކަމާއެކު ކުރިއަށްދާއިރު، ވޯޓުލުން ކުރިއަށްދާނީ ހަވީރު 4:00 ޖަހަންދެނެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 1،049 މީހަކަށް ލިބިގެންވެއެވެ. އޭގެތެރެއިން މެންދުރު 13:00 ޖެހުމާ ހަމައަށް 671 މީހަކު ވަނީ ވޯޓުލާފައެވެ. މިއީ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ އާބާދީގެ %63.97 އެވެ. މިހާތަނަށް ވޯޓުލީ މީހުންގެ ތަފްސީލަށް ބަލާއިރު، މީގެތެރޭގައި ހިމެނެނީ 292 އަންހެނުންނާއި 379 ފިރިހެނުންނެވެ.
މި އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ޖުމްލަ ތިން ވޯޓު ފޮއްޓެއް ބަހައްޓާފައެވެ. އެގޮތުން ދ. މީދޫގައި ވޯޓުލުން ކުރިއަށްދަނީ ދ. އަތޮޅު މަދުރަސާގައެވެ. އެ މަދުރަސާގައި ދެ ވޯޓު ފޮށި ބަހައްޓާފައިވާއިރު، މާލޭގައި ދިރިއުޅޭ މީދޫގެ ރައްޔިތުން ވޯޓުލުމަށްޓަކައި ދަރުމަވަންތަ ސްކޫލުގައި ވަނީ އެއް ވޯޓު ފޮށި ބަހައްޓާފައެވެ. ކޮމިޝަނުން ބުނިގޮތުގައި ހުރިހާ ފޮށްޓެއްގެ ވޯޓުލުންވެސް ގަޑިއަށް ވަނީ ފެށިފައެވެ.
ދ. މީދޫ ކައުންސިލް ރައީސްގެ މަޤާމަށް އިތުރު ބުރެއް ނަގަން ޖެހުނީ، ކުރިން ބޭއްވި އިންތިޚާބުގައި އެރަށުގައި ބެހެއްޓި "ދ. މީދޫ-2" ނަންބަރު ވޯޓު ފޮށީގެ ބާތިލް ވޯޓެއް ސައްޙަ ވޯޓެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅައި ޙުކުމް ކުރުމާ ގުޅިގެންނެވެ. އެ ޙުކުމާއެކު ކައުންސިލް ރައީސްގެ މަޤާމަށް ވާދަކުރެއްވި ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ ޢަދަދު ވަނީ އެއްވަރުވެފައެވެ.
މި އިތުރު ބުރުގައި ވާދަކުރަނީ ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓެއްގެ އިތުރުން މޯލްޑިވިއަން ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) ގެ ކެންޑިޑޭޓެކެވެ.
ގުޅުންހުރި
.jpeg&w=3840&q=75)
ކައިރިކައިރީ އިންތިހާބު ބޭއްވުމަށް އަދިވެސް ހައްލެއް ބޭނުންވޭ- ޝަކީލް
.jpeg&w=3840&q=75)
އީސީގެ ރައީސްކަމަށް ޝަކީލް އައްޔަންކުރަން ފާސްކޮށްފި

އީސީގެ މެމްބަރުކަމަށް ޝަކީލް ޢައްޔަންކުރައްވައިފި




