.jpeg&w=3840&q=75)
މުހައްމަދު ޝަކީލް- ފޮޓޯ: މަޖިލިސް އިދާރާ
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސްކަމަށް މުހައްމަދު ޝަކީލް އައްޔަންކުރުމަށް ރުހުންދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ޝަކީލް އައްޔަންކުރުމަށް ރުހުންދިނުމަށް މިއަދުގެ މަޖިލީހުން ނެގި ވޯޓުގައި ފެންނަ ކަމަށް 52 މެންބަރުން ވޯޓު ދީފައިވާއިރު، ނުފެންނަކަމަށް 8 މެންބަރުން ވޯޓު ދީފައިވެ އެވެ.
މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އީސީގެ މެންބަރުގެ މަގާމަށް މުހައްމަދު ޝަކީލް އައްޔަން ކުރެއްވީ، މި މަހުގެ 24 ވަނަ ދުވަހު އެވެ. މިއާއެކު ކޮމިޝަނުގައި 5 މެންބަރުން ހަމަވުމުން ކޮމިޝަންގެ ރައީސްކަމަށް ޝަކީލް އައްޔަންކުރަން މަޖިލީހަށް ފޮނުއްވާފައިވަނީ އިއްޔެ އެވެ.
މި މަގާމަށް ޝަކީލް އައްޔަންކުރަން ނިންމުމުގެ ކުރިން ޝަކީލް ވަނީ 30 ޑިސެންބަރު 2014 ފެށިގެން 9 މެއި 2018 ވަނަ އަހަރާ ހަމައަށް މެންބަރުކަން އަދާކުރައްވާފަ އެވެ. އަދި އޭގެކުރިން 1 ސެޕްޓެންބަރު 2013 އިން ފެށިގެން 3 ޑިސެންބަރު 2014 އާ ހަމައަށް އީސީގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުވެސް އަދާކުރައްވާފަ އެވެ.
ޝަކީލް އެންމެފަހުން ހުންނެވީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު ކަމުގެ މަގާމުގަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި މުޙައްމަދު ޒާހިދު ކޮމިޝަނުގެ މެންބަރު ކަމުގެ މަޤާމުން އިސްތިއުފާ ދެއްވާފައިވާތީ ކޮމިޝަންގެ ރައީސްގެ މަޤާމުވަނީ ހުސްވެފައެވެ. އީސީގެ ރައީސްކަމަށް ބޭފުޅަކު އައްޔަން ކުރެވޭނީ، ކޮމިޝަނަށް ކަނޑައަޅާފައިވާ އަދަދަށް މެންބަރުން އައްޔަން ކުރެއްވުމަށްފަހުއެވެ.
ގުޅުންހުރި
.jpeg&w=3840&q=75)
އީސީގެ ރައީސްކަމަށް ޝަކީލް އައްޔަންކުރަން ފާސްކޮށްފި

އީސީގެ މެމްބަރުކަމަށް ޝަކީލް ޢައްޔަންކުރައްވައިފި

ދ. މީދޫ ކައުންސިލް ރައީސް ހޮވުމުގެ އިންތިޚާބުގެ އިތުރު ބުރުގެ ވޯޓުލުން ކުރިއަށް؛ މިހާތަނަށް 63 އިންސައްތަ މީހުން ވޯޓުލައިފި




