
ރާއްޖޭގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރާނީ ލޯކަލް ކައުންސިލްތަކާއި މުޖުތަމައާ ގުޅިގެން: ސީޕީ
# ދިވެހި ފުލުހުންގެ ޙިދުމަތް# ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު# އަމާން މުޖުތަމަޢެއްފޮޓޯ: ޕޮލިސް
މުޅި ރާއްޖޭގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރައްވާނީ ލޯކަލް ކައުންސިލްތަކާއި މުޖުތަމައާ ގުޅިގެން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރު މުންތަޒިމް އިބްރާހީމާއި ކާށިދޫ ކައުންސިލްގެ ރައީސް ޞަބާޙް މުޙައްމަދު އަދި ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ސީޕީ ވަނީ، މުޅި ރާއްޖޭގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށްދިނުމުގައި، ލޯކަލް ކައުންސިލްތަކާއި މުޖުތަމައާ ގުޅިގެން މަސައްކަތްކުރުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން އަބަދުވެސް އިސްކަންދޭ ކަމެއްކަން ފާހަގަކުރައްވާފައެވެ.
ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވި މި ބައްދަލުވުމުގައި، ކާށިދޫގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން، ރަށުގެ އިޖުތިމާއީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތާއި ކާށިދޫ ކައުންސިލާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ދެ ފަރާތުންވެސް ވަނީ ރަށުގެ ކަންބޮޑުވުންތައް ދެނެގަނެ، ކުރިމަތިވާ މައްސަލަތަކަށް އަވަސް އަދި އެދެވޭ ހައްލެއް ހޯދުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
އަދި ރަށުގައި ފުލުހުން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ދެ ފަރާތުގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކުރުމަށްވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
ކާށިދޫ ކައުންސިލްގެ ރައީސްއާއި މެންބަރުން ވަނީ މިހާރުވެސް ކާށިދޫގައި މަސައްކަތްކުރަމުންދާ ފުލުހުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، ފުލުހުންގެ ފަރާތުން ރަށުގެ މުޖުތަމައަށް ފޯރުކޮށްދެމުންދާ ހިދުމަތްތަކާއި އެހީތެރިކަމަށްޓަކައި ހިތްހަމަޖެހުން ފާޅުކުރައްވާފައެވެ.
ގުޅުންހުރި

ރާއްޖޭގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރާނީ ލޯކަލް ކައުންސިލްތަކާއި މުޖުތަމައާ ގުޅިގެން: ސީޕީ

އިންތިހާބުގެ ހަމަނުޖެހުމާ ގުޅިގެން 2 މީހަކު ހައްޔަރުކޮށްފި

ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ހަމަނުޖެހުން ހިންގި މައްސަލައެއް - މީހަކު ހައްޔަރެއް ނުކުރޭ




