logoEN
WAMCO TOP 1
އެކްސިޑެންޓުގައި ނިޔާވީ 39 އަހަރުގެ މީހެއް - އޭނާ ނިޔާވީ ޓްރެއިލަރ ލޮރީ  ދަށުވެގެން

އެކްސިޑެންޓުގައި ނިޔާވީ 39 އަހަރުގެ މީހެއް - އޭނާ ނިޔާވީ ޓްރެއިލަރ ލޮރީ ދަށުވެގެން

# އެކްސިޑެންޓް# ދިވެހި ފުލުހުންގެ ޙިދުމަތް

އެކްސިޑެންޓް ސީންގައި ފުލުހުން ހަރަކާތްތެރިވަނީ - ފޮޓޯ: ގާފު

މިއަދު މާލޭގައި ހިނގި އެކްސިޑެންޓުގައި ނިޔާވީ 39 އަހަރުގެ މީހެއް ކަމަށާއި އޭނާ ނިޔާވީ ޓްރެއިލަރ ލޮރީ ދަށުވެގެން ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

THE TRAVELLER AD

ފުލުހުން ބުނީ މި ހާދިސާގައި ނިޔާވެފައިވަނީ ހމ. ގޯތި ނަންބަރު 20054 (ގްރީންޕީކް) / މާލެ، އިބްރާހީމް ނާޞިޙު ކަމަށެވެ. އޭނާއަކީ އުމުރުން 39 އަހަރުގެ މީހެއް ކަމަށެވެ.

އޭނާ ނިޔާވެފައިވަނީ ޓްރެއިލަރ ލޮރީ ދަށުވެގެންކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށާއި އުޅަނދުގެ ދަށުވާން މެދުވެރިވީ، އުޅަނދުގައި ޖެހި އެކްސިޑެންޓް ވެގެން ކަމަށް ނުބެލެވޭ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެކްސިޑެންޓުގައި އަނިޔާވި މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި މި މައްސަލަ ރިޕޯޓްކޮށްފައިވަނީ ޖުލައި 12 ވަނަ ދުވަހުގެ 15:57 އެހައިކަންހާއިރު ކަމަށް ވެސް ބުނެއެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ މާލެ، ބޮޑުތަކުރުފާނު މަގު، ދަރުބާރުގެ ކައިރީގައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC