logoEN
WAMCO TOP 1
ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ހަމަނުޖެހުން ހިންގި މައްސަލައެއް - މީހަކު ހައްޔަރެއް ނުކުރޭ

ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ހަމަނުޖެހުން ހިންގި މައްސަލައެއް - މީހަކު ހައްޔަރެއް ނުކުރޭ

# ޕީއެންސީ# ދިވެހި ފުލުހުންގެ ޙިދުމަތް

ހަމަނުޖެހުން ހިނގި ވީޑިއޯގެ ސްކްރީން ޝޮޓެއް

ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ހަމަނުޖެހުން ހިންގި މައްސަލައެއް ބަލަމުން އަންނަކަމުގައި ފުލުހުން ބުނެފިއެވެ.

THE TRAVELLER AD

ފުލުހުން ބުނީ ސިޔާސީ ޕާޓީ އެއްގެ އެތެރޭގެ އިންތިހާބެއްގެ ވޯޓް ގުނުން ހުޅުމާލެ ފޭސް 2 ގައި ހުންނަ ސްކޫލެއްގައި ކުރިއަށް ދަނިކޮށް، 2026 ޖުލައި 11 ވަނަ ދުވަހުގެ ރޭ 21:15 އެހައިކަންހާއިރު އެތަނަށް ބަޔަކު ވަދެ ސްކޫލަށާއި ސްކޫލުގެ މުދަލަށް ގެއްލުންދީ، އެތަނުގައި ތިބި މީހުންނާ މެދު މާރާމާރީ ހިންގާފައިވާ މައްސަލައެއް އެ އިދާރާ އިން ތަހުގީގު ކުރަމުން އަންނަކަމަށެވެ.

އެހެންނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވާ ކަމަށް ވަނީ ބުނެއެވެ.

މިއީ ވެރިކަން ކުރާ ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ޖުލައި 11 ވީ ހޮނިހިރު ދުވަހު ނިމިފައިވަނިކޮށް، ހުޅުމާލޭގެ ވޯޓުލާ މަރުކަޒެއްގައި ހާދިސާއެކެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ހަމަނުޖެހުން ހިނގާފައިވަނީ ހުޅުމާލޭ އުތުރު ދާއިރާގެ ވޯޓުފޮށި ބެހެއްޓި، ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ކާމިލް ދީދީ ޕްރީ ސްކޫލްގައެވެ.

މި ވީޑިއޯގައި ދެ ގްރޫޕެއްގެ މެދުގައި ބަހުގެ ހަމަލާ ބަދަލުކޮށް، އެކަކު އަނެކެއްގެ ގައިގައި އަތްލާ ބޮޑު މާރާމާރީއެއް ހިންގާ މަންޒަރު ވެސް ފެނެއެވެ. އަދި އެ ސްކޫލުގެ ބައެއް ގޮނޑި އާއި މޭޒަށް ވެސް ގެއްލުން ދޭ މަންޒަރު ފެނެއެވެ. މި ހާދިސާ ހިނގި ވަގުތު އެ ތަނުގައި ތިބި ދެ ފުލުހަކު ހަމަނުޖެހުން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެހެންނަމަވެސް، މަސްލަހަތު ކޮންޓްރޯލް ނުވެ ގިނަ އިރުތަކެއް ވަންދެން ހަމަނުޖެހުން ކުރިއަށް ގޮސްފައިވާކަން ފާހަގަކުރެވެއެވެ.

ކޮމެންޓް
ފަހުގެ
HDC