logoEN
WAMCO TOP 1
ކޮންގްރެސް ޕާޓީގެ ޚާއްޞަ ޖަގަހަ ޖަލްސާއެއް މިރޭ!

ކޮންގްރެސް ޕާޓީގެ ޚާއްޞަ ޖަގަހަ ޖަލްސާއެއް މިރޭ!

އަހުމަދު ޝުރާއު

logo

6/7/2026, 9:19:58 AM

# ޕީއެންސީ

-

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޚާއްޞަ ޖަގަހަ ޖަލްސާއެއް މިރޭ ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.

THE TRAVELLER AD

ޕާޓީގެ އޮފިޝަލް ސޯޝަލް މީޑިއާ އެކައުންޓްތަކުން އާންމުކޮށްފައިވާ ދައުވަތެއްގައިވާ ގޮތުން، މި ޖަލްސާ އޮންނާނީ މިރޭ (7 ޖޫން 2026) ގެ ރޭގަނޑު 20:30 ގައި، ހ. ވެޔޮވިލާގައި ހުންނަ ކޮންގްރެސް ޕާޓީގެ މައި އޮފީހުގައެވެ.

މި ޖަލްސާއަކީ ޕާޓީގެ ކުރިއެރުމަށާއި، ކުރިއަށް ހުރި ސިޔާސީ ހަރަކާތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ބާއްވާ ޖަލްސާއެކެވެ. މިރޭގެ ޖަލްސާގައި ޕާޓީގެ ލީޑަރޝިޕުގެ ބޭފުޅުން ވާހަކަފުޅު ދައްކަވަން ވަނީ ހަމަޖެހިފައި އެވެ.

ޕާޓީގެ ލީޑަރޝިޕުން ވަނީ ކޮންގްރެސް ޕާޓީގެ އެންމެހާ ލޮބުވެތި މެންބަރުންނާއި، ސަޕޯޓަރުން އަދި ހެޔޮއެދޭ ފަރާތްތަކުން މިރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދައުވަތު އަރުވާފައެވެ.

މި ފަހަކަށް އައިސް ކޮންގްރެސް ޕާޓީން ދަނީ ސަރުކާރުގެ ސިޔާސަތުތައް ރައްޔިތުންނަށް ހާމަކޮށްދިނުމަށާއި، ޕާޓީގެ އިންތިޒާމުތައް ވަރުގަދަކުރުމަށްޓަކައި މިފަދަ ސިލްސިލާ ޖަގަހަ ޖަލްސާތައް ބާއްވަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC