logoEN
WAMCO TOP 1
އިލެކްޓްރޯނިކް ޕާސްޕޯޓުގެ ހިދުމަތް އަންނަ މަހު އަލުން ފަށަން ނިންމައިފި

އިލެކްޓްރޯނިކް ޕާސްޕޯޓުގެ ހިދުމަތް އަންނަ މަހު އަލުން ފަށަން ނިންމައިފި

# މޯލްޑިވްސް އިމިގްރޭޝަން# އިލެކްޓްރޯނިކް ޕާސްޕޯޓް

އިމިގްރޭޝަން

އިލެކްޓްރޯނިކް ޕާސްޕޯޓުގެ ހިދުމަތް އަންނަ މަހުގައި އަލުން ފެށުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

THE TRAVELLER AD

ދައުލަތުގެ މީޑީއާ "ޕީއެސްއެމް" އަށް މައުލޫމާތު ދެއްވަމުން ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން އަހްމަދު ފަސީހް ވިދާޅުވީ ޕާސްޕޯޓް ހެދުމަށް ބޭނުންވާ ތަކެތި އުފެއްދުމަށް އޯޑަރުދީފައިވާކަމަށާއި، އެތަކެތި މި މަހުގެ ފަހުކޮޅު ނުވަތަ މިއަންނަ މަހުގެ ކުރީކޮޅު ލިބުމާއެކު އަލުން އެ ހިދުމަތް ފަށާނެ ކަމަށެވެ.

އީ-ޕާސްޕޯޓަކީ ކިއުއެއްގައި ނުޖެހި އަމިއްލައަށް ޗެކިންވެވޭ އީ-ގޭޓުގެ ޚިދުމަތް ބޭނުންކުރެވޭ އެއްޗެކެވެ. އީ-ޕާސްޕޯޓުގައި ހުންނަ ޗިޕެއްގައި ރައްކާކޮށްފައި ހުންނަ ޑޭޓާގެ އިތުރުން ނަގާފައިވާ ފޮޓޯ ނުވަތަ އިނގިލީގެ ނިޝާނުގެ ޒަރިއްޔާއިން ޕާސްޕޯޓުގެ ވެރި ފަރާތް އެ ގޭޓުން ކަށަވަރު ކުރާނެއެވެ.އީ-ޕާސްޕޯޓުގެ ހިދުމަތް މެދުކަނޑާލުމުން އޯޑިނަރީ ޕާސްޕޯޓަށް އެދި ހުށަހަޅުއްވާ ހުރިހާ ފަރާތްތަކަށް ދޫކުރުމަށް ނިންމީ "ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު" އެވެ. ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓަކީ ވެސް އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ މިންގަނޑުތަކަށް ފެތޭ، 5 އަހަރު ދުވަހުގެ މުއްދަތަށް ދޫކުރެވޭ މެޝިން ރީޑަބަލް ޕާސްޕޯޓެކެވެ. "އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު"ގެ ފީއަކީ 1,000ރުފިޔާ ނަމަވެސް، "އޯޑިނަރީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު"ގެ ފީއަކީ، 600 ރުފިޔާއެވެ.

މިފަދަ ހާލަތްތަކުގައި ކުރިން އަމަލުކުރާ ގޮތާ ހިލާފަށް، އޯޑިނަރީ ނޮން- އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރާ ފަރާތްތަކުން ޕާސްޕޯޓުގެ މުއްދަތު ކުރިން އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓެއް ހަދަން ބޭނުންވާ ހާލަތްތަކުގައި "ކެންސަލޭޝަން ފީ" ނެގުމަކާ ނުލައި، ޕާސްޕޯޓު ހެއްދޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެ ކަމަށް އިމިގްރޭޝަނުންް ބުނެ އެވެ.

"އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު" ޕްރިންޓް ކުރުމަށް ބޭނުންކުރާ "ޕާސްޕޯޓް ބުކްލެޓް" ގެ ސްޓޮކް ރާއްޖެއަށް ގެނައުމުގެ ލަސްތަކެއް ހުރުމުގެ ސަބަބުން މިދިޔަ މެއި މަހުގައިވަނީ ހިދުމަތް މެދުކަނޑާލާފަ އެވެ.

ކޮމެންޓް
ފަހުގެ
HDC