logoEN
WAMCO TOP 1
ހުޅުމާލެއިން 40 ބިދޭސީއަކު ޗެކްކޮށް، ގަވާއިދާ ހިލާފަށް އުޅުނު 2 މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް!

ހުޅުމާލެއިން 40 ބިދޭސީއަކު ޗެކްކޮށް، ގަވާއިދާ ހިލާފަށް އުޅުނު 2 މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް!

އަހުމަދު ޝުރާއު

logo

6/29/2026, 3:44:43 PM

# މޯލްޑިވްސް އިމިގްރޭޝަން

-

އިމިގްރޭޝަން ގަވާއިދުތަކަށް ބޯލަނބާ މިންވަރު ބެލުމަށް ސަރުކާރުން ކުރިއަށްގެންދާ "މައިގްރޭޝަން މޮނިޓަރިންގ އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް" (އެމް.އެމް.ސީ.ޕީ) ގެ ދަށުން، އިއްޔެއާއި މިއަދު ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގެ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ޚާއްސަ މޮނިޓަރިންގ ހަރަކާތްތަކެއް ހިންގައިފި އެވެ.

THE TRAVELLER AD

އިމިގްރޭޝަނުން ބުނީ މި ހަރަކާތުގެ ތެރެއިން އެ ސަރަހައްދުތަކުގައި އުޅުނު ގިނަ އަދަދެއްގެ ބިދޭސީންގެ ލިޔެކިޔުންތައް ވަނީ ބަލައި ފާސްކޮށްފައެވެ. އެގޮތުން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި އޮޕަރޭޝަނުގައި ޖުމްލަ 40 ބިދޭސީން ވަނީ ސީދާ މަގުމަތިންނާއި އެކި ތަންތަނުން ޗެކްކޮށްފައެވެ.

މީގެ ތެރެއިން ރާއްޖޭގެ އިމިގްރޭޝަން ގާނޫނާއި ގަވާއިދުތަކާ ޚިލާފަށް އުޅެމުންދިޔަ ދެ ބިދޭސީއަކު ފާހަގަކުރެވިގެން، އެމީހުން މިހާރު ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ ތަހުގީގުކުރަން ފަށާފައެވެ.

މި ޕްރޮގްރާމަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށާއި، މަސައްކަތްތެރިންގެ ގޮތުގައި އުޅޭ ފަރާތްތަކުގެ ލިޔެކިޔުންތައް ސައްހަތޯ ކަށަވަރުކުރުމަށް ސަރުކާރުން ބާރުދުވެލީގައި ކުރިއަށްގެންދާ ގައުމީ މަސައްކަތެކެވެ. މާލެއާއި ހުޅުމާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައިވެސް މިފަދަ މޮނިޓަރިންގ ހަރަކާތްތައް ސިލްސިލާކޮށް ހިންގުމަށް ވަނީ ރޭވިފައެވެ.

ކޮމެންޓް
ފަހުގެ
HDC