.jpg&w=3840&q=75)
ކުޅުދުއްފުށީ ގެސްޓްހައުސް ކޮޓަރިއަކުން 3.9 ގްރާމްގެ މަސްތުވާތަކެއްޗާއެކު ހަސަނާއި ފާތިމަތު ހައްޔަރުކޮށްފި
# ދިވެހި ފުލުހުންގެ ޙިދުމަތް-
ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން ގުޅިގެން ކުޅުދުއްފުށި ސިޓީގައި ހިންގި މަސްތުވާތަކެތީގެ ޚާއްސަ ދެ އޮޕަރޭޝަނެއްގައި ޖުމްލަ ހަތަރު މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މުއައްސަސާއިން ހާމަކުރި ގޮތުގައި، މި ދެ އޮޕަރޭޝަންގެ ތެރެއިން އެންމެ ފަހުން ހިންގި އޮޕަރޭޝަނަކީ މި ޖުލައި މަހުގެ 7 ވަނަ ދުވަހު ކުރިއަށްގެންދިޔަ އޮޕަރޭޝަނެކެވެ. މިއޮޕަރޭޝަންގައި ކުޅުދުއްފުށީގެ ގެސްޓްހައުސެއް ބަލައިފާސްކޮށް ހައްޔަރުކޮށްފައިވަނީ:
- ޙަސަން އިބްރާހީމް (27އ): ހދ. ކުޅުދުއްފުށި / ލޭކޮކާ
- ފާޠިމަތު ޢަލީ (32އ): ހދ. ކުޅުދުއްފުށި / ކަގި
އެ މީހުން ތިބި ގެސްޓްހައުސް ކޮޓަރި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށާއި، ފެނުނު ތަކެތީގެ ވަގުތީ ބަރުދަނުގައި 3.9 ގުރާމް ހުރި ކަމަށް ފުލުހުން ބުނެއެވެ. މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށް އަދި އެ ތަކެތި ބޭނުންކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޙަސަން އިބްރާހީމް 10 ދުވަހަށް އަދި ފާޠިމަތު ޢަލީ 3 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މީގެ އިތުރުން، ދެވަނަ އޮޕަރޭޝަނަކީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ރަށުގެ އާންމު ގެއެއް ބަލައިފާސްކޮށް ހައްޔަރުކޮށްފައިވަނީ:
- އާދަމް މުޙައްމަދު (42އ): ހދ. ކުޅުދުއްފުށި / އެނީޒާ
- އަޙްމަދު އިސްމާޢީލް (33އ): ހދ. ކުޅުދުއްފުށި / ހުވަފެނީއައްސޭރި
މި އޮޕަރޭޝަންގައި އެ މީހުން އެވަގުތު ތިބި ގެ ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި އެ ގެއިން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 14.06 ގުރާމެވެ. މައްސަލައާ ގުޅިގެން ހައްޔަރުކުރި މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުން ވެސް 8 ދުވަހުގެ މުއްދަތަށް ތަހުގީގަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ކުޅުދުއްފުށިން ހައްޔަރުކުރެވުނު މި ހަތަރު މީހުންނާ ގުޅޭ މަސްތުވާތަކެތީގެ ދެ މައްސަލަ ވެސް ދިވެހި ފުލުހުންގެ ޚިދުމަތުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އެ މުއައްސަސާއިން ވަނީ ހާމަކޮށްފައެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ކުޅުދުއްފުށީ ގެސްޓްހައުސް ކޮޓަރިއަކުން 3.9 ގްރާމްގެ މަސްތުވާތަކެއްޗާއެކު ހަސަނާއި ފާތިމަތު ހައްޔަރުކޮށްފި

ހިތަދޫގައި ހިންގި މާރާމާރީއާ ގުޅިގެން ކުޑަކުއްޖަކާއެކު 3 މީހަކު ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

"ކޮންމެ ފުލުހަކީ ވެސް، އެ ފުލުހަކާ މެދު މުއައްސަސާއިން އައު ތަސައްވުރެއް ދެކޭނެ ފުލުހެއް"




