logoEN
WAMCO TOP 1
ހިތަދޫގައި ހިންގި މާރާމާރީއާ ގުޅިގެން ކުޑަކުއްޖަކާއެކު 3 މީހަކު ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

ހިތަދޫގައި ހިންގި މާރާމާރީއާ ގުޅިގެން ކުޑަކުއްޖަކާއެކު 3 މީހަކު ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

އަހުމަދު ޝުރާއު

logo

7/8/2026, 7:26:31 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ސ. ހިތަދޫގައި ހިންގި ނުރައްކާތެރި މާރާމާރީއެއްގެ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ތިން މީހަކު ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފިއެވެ.

THE TRAVELLER AD

މި މާރާމާރީގެ މައްސަލަ ފުލުހުންނަށް ރަސްމީކޮށް ރިޕޯޓްކޮށްފައިވަނީ 2026 ޖުލައި 04 ވަނަ ދުވަހުގެ ރޭ 22:00 އެހާކަންހާއިރުއެވެ.

މައްސަލައިގެ ތަހުގީގު އަވަސްކޮށް، ފުލުހުން ކުރި މަސައްކަތުން މި މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހުން ހައްޔަރުކޮށްފައިވަނީ 2026 ޖުލައި 6 ވަނަ ދުވަހުއެވެ.

މި މާރާމާރީއާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ތަފްސީލު ފުލުހުން ވަނީ އާންމުކޮށްފައެވެ. އެއީ:

  1. ޝިޔާޙު މުޙައްމަދު (26އ): ސ. ހިތަދޫ / ޢަޠީނާ
  2. މުޙައްމަދު މާހިލް އަޙްމަދު (18އ): ސ. ހިތަދޫ / ބޯޅަކިންކިރުމާގެ
  3. 17 އަހަރުގެ ކުޑަކުއްޖެއް

މި މައްސަލައިގައި ހައްޔަރުކުރެވުނު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ކުޑަކުއްޖާއާއި ދެން ތިބި ދެ މީހުން ވެސް ތަހުގީގުގެ ބޭނުމަށް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބައިތިއްބުމަށް އަމުރުކޮށްފައެވެ.

ފުލުހުންގެ މުއައްސަސާއިން ހާމަކުރި ގޮތުގައި، މި މާރާމާރީގެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްސަ އިސްކަމެއް ދީގެން ތަހުގީގު ކުރަމުންދަނީ "ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު" ގެ ވަރުގަދަ މާއްދާތަކުގެ ދަށުންނެވެ. މިއީ މުޖުތަމައުގައި ގޭންގު ކުށްތައް މަދުކޮށް، އާންމު ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ބައެކެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން އިތުރަށް ބަޔާންކުރި ގޮތުގައި، މުޖުތަމައުގެ ސަލާމަތާއި އަމާންކަން ގެއްލޭފަދަ އެއްވެސް ނުރައްކާތެރި އަމަލަކަށް ފުލުހުން އެއްވެސް ޖާގައެއް ނުދޭނެއެވެ. އަދި މިފަދަ ކުށްތަކުގައި އަމަލީގޮތުން ބައިވެރިވާ ފަރާތްތަކާއި އެކަމަށް ވާގިވެރިވާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅުތައް އެޅުމުގައި ފުލުހުން އެއްވެސް ވަރަކަށް ފަސްނުޖެހޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އާންމު ރައްޔިތުންނަށް ވަނީ ދީފައެވެ.

ކޮމެންޓް
ފަހުގެ
HDC