logoEN
WAMCO TOP 1
ހުޅުމާލެ ދުވާރުމަތީގައި ޕާކް ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި

ހުޅުމާލެ ދުވާރުމަތީގައި ޕާކް ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި

# ހުޅުމާލެ# ފުލުހުން

ދުވާރުމަތީގައި ޕާކްކޮށްފައިވާ ސައިކަލުތައް- ފޮޓޯ: ފުލުހުން

ހުޅުމާލެގެ މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ހާއްސަކޮށްފައިވާ ދުވާރުމަތީގައި ޕާކް ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

THE TRAVELLER AD

ފުލުހުން މިކަން ރައްޔިތުންގެ ސަމާލުކަމަށް ގެނެސް ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ހާއްސަކޮށްފައިވާ ދުވާރުތަކުގައި އުޅަނދު ޕާކުކުރުން އިތުރުވަމުންދާ ކަމަށެވެ.

އެހެންކަމުން އެފަދަ ސަރަހައްދުތަކުގައި އުޅަނދުތައް ޕާކްކުރުމަކީ ގާނޫނީގޮތުން މަނާކަމެއްކަން ފުލުހުން ވަނީ ހަނދާންކޮށްދީފަ އެވެ. އަދި މިކަން އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން ފުލުހުން ފާހަގަކުރި އެވެ.

View post on Twitter

"ފައިމަގުގައި ހިނގުމަށް ހާއްސަކުރެވިފައިވާ ދުވާރުތަކާއި ސަރަހައްދުތަކުގައި، ކުޑަކުދިންގެ ޕްރޭމާއި އާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ބޭނުންކުރާ، އިންސާނީ ހަކަތަ ބޭނުންކޮށްގެން ދުއްވާ ފުރޮޅުލީ ގޮނޑި ފިޔަވައި، އެހެން އެއްވެސް ބާވަތެއްގެ އުޅަނދެއް ދުއްވުމަކީ ނުވަތަ ޕާކުކުރުމަކީ ގާނޫނީގޮތުން މަނާކަމެއްކަން ހަނދާންކޮށްދެން" ފުލުހުން ބުންޏެވެ.

މީގެއިތުރުން ފުލުހުން ދަނީ ޕާކް ކުރުން މަނާ ސަރަހައްދުތަކުގައި ޕާކް ކޮށްފައިވާ އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC