logoEN
WAMCO TOP 1
ކޯޓު އަމުރެއްގެ ދަށުން މުރައިދޫ ގެއެއް ބަލައިފާސްކޮށް، ދެ ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް!

ކޯޓު އަމުރެއްގެ ދަށުން މުރައިދޫ ގެއެއް ބަލައިފާސްކޮށް، ދެ ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް!

އަހުމަދު ޝުރާއު

logo

7/6/2026, 8:01:30 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި، ހއ. މުރައިދޫން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

THE TRAVELLER AD

މި މައްސަލައާ ގުޅިގެން 2026 ޖުލައި 05 ވަނަ ދުވަހުގެ ހެނދުނު 08:10 އެހައިކަންހާއިރު ހައްޔަރުކޮށްފައިވަނީ ހއ. މުރައިދޫ / ކިނާރާ، މުޙައްމަދު ޢާޝިރު (35އ) އާއި، އެ ރަށު ވެނީލާގެ، މުޙައްމަދު ޒައިން ޙަސަން (19އ) އެވެ.

މި ދެ މީހުން ހައްޔަރުކޮށްފައިވަނީ، މުރައިދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ބަލައިފާސްކުރުމުގެ އަމުރެއްގެ ދަށުން، މުރައިދޫ ގެ އެއް ބަލައިފާސްކުރުމަށްފަހުއެވެ. އެ ގެ ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 4 ސެލޯފިންކޮޅު ފެނިފައިވެއެވެ. ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 4.5 ގުރާމެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުން ވެސް 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC