
މާލޭގެ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި ވައްކަންކުރި ދެމީހަކު ހައްޔަރުކޮށްފި
# ވައްކަން# ދިވެހި ފުލުހުންގެ ޙިދުމަތްފޮޓޯ: ޕޮލިސް
މާލެ، ހިތަށްފިނިވާމަގުގައި ހުންނަ ހާޑްވެއަރ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި އެ ފިހާރައިން ވައްކަންކުރި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް / ދިގުވާނޑު.ފެއަރީ، އަޙްމަދު ނަޞްރު (46އ) އާއި ށ. ޅައިމަގު / ހިތަށްފިނިވާގެ، ފާރިސް ޢަލީ ޝަރީފް (35އ) އެވެ.
މި ދެމީހުން ހައްޔަރުކޮށްފައިވަނީ މި ޖުލައި މަހުގެ 4 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި އެ ފިހާރައިން ވައްކަންކޮށްފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ޖުލައި 4 ވަނަ ދުވަހުއެވެ.
މި މައްސަލަ ހުށަހެޅުމާއެކު ސީސީޓީވީ ފުޓޭޖު ބަލައި، ވައްކަންކުރި މީހުން ދެނެގަނެ އެ މީހުން ހޯދައި ހައްޔަރުކޮށް އަދި އެ ފިހާރައިން އެ މީހުން ވަގަށްނެގި ލޮއިނަރު ރޯލުތައް މިހާރުވަނީ ވެރިފަރާތާ ހަވާލުކޮށްފައެވެ.
ގުޅުންހުރި

އެމެރިކާއިން ދިވެހި ފުލުހުންގެ ޚިދުމަތަށް ޑްރަގް ޓެސްޓް ކިޓް ހަދިޔާކޮށްފި

ފުޑް ކޯޓުތަކުން 27 ބިދޭސީން ހައްޔަރުކޮށްފި

ފެމިލީ އެންޑް ޗައިލްޑް ސެންޓަރޑް އިންވެސްޓިގޭޝަން ކޯހުގައި 26 ފުލުހުން ބައިވެރިވެއްޖެ




