logoEN
WAMCO TOP 1
ގ.ފުންފަޅުގޭގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކުރެވިއްޖެ، ހާދިސާއާއި ގުޅިގެން ބަޔަކު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި - ފުލުހުން

ގ.ފުންފަޅުގޭގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކުރެވިއްޖެ، ހާދިސާއާއި ގުޅިގެން ބަޔަކު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި - ފުލުހުން

އަހުމަދު ޝުރާއު

logo

7/5/2026, 6:50:24 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

މާލެ، ލޮނުޒިޔާރަތް މަގުގައި ހުރި ގ.ފުންފަޅުގޭގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާކަން ފުލުހުން ހާމަކޮށްފި އެވެ.

THE TRAVELLER AD

މާލެ، ލޮނުޒިޔާރަތް މަގުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނާއި ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން ހަރަކާތްތެރިވާން ފެށީ މިރޭ 11 ޖަހަން ކައިރިވެފައިވަނިކޮށެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މީގެ ކުރީން ބުނީ މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2026 ޖުލައި 5 ވަނަ ދުވަހުގެ ރޭ 22:49 އެހައިކަންހާއިރު ކަމަށެވެ.

މި ހާދިސާގެ އެންމެ ފަހުގެ އަދާހަމަ ހާމަކުރަމުން މީޑިއާ އޮފިޝަލް ވިދާޅުވީ އެގޭގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

އަދި މި ހާދިސާއާ ގުޅިގެން ބަޔަކު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އިމާރާތުން ނެރުނު އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފުލުހުންނާއި ކަމާގުޅޭ މުއައްސަސާތަކުން ކުރަމުންދާ ކަމަށެވެ.

ކޮމެންޓް
ފަހުގެ
HDC