logoEN
WAMCO TOP 1
މާލޭގައި އަލިފާނުގެ ބޮޑު ހާދިސާއެއް: ތާށިވެފައި ތިބި މީހުން ސަލާމާތްކުރުމަށް ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަނީ

މާލޭގައި އަލިފާނުގެ ބޮޑު ހާދިސާއެއް: ތާށިވެފައި ތިބި މީހުން ސަލާމާތްކުރުމަށް ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަނީ

އަހުމަދު ޝުރާއު

logo

7/5/2026, 6:42:53 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

މާލޭގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިގެން ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވާން ފަށައިފި އެވެ.

THE TRAVELLER AD

ފުލުހުންގެ މީޑިއާ އޮފިޝަލް ދާދި ދެންމެ އަކު ވިދާޅުވީ މާލެ، ލޮނުޒިޔާރަތް މަގުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނާއި ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން ހަރަކާތްތެރިވަމުންދާކަމަށެވެ.

އެގޮތުން މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2026 ޖުލައި 5 ވަނަ ދުވަހުގެ ރޭ 22:49 އެހައިކަންހާއިރު އެވެ.

މި ހާދިސާއާއި ގުޅިގެން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓު އޮތޯރިޓީއިން ބުނީ ގ.ފުންފަޅުގެ 4 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭތީ އެކަން ގާތުން ބަލަމުން އަންނަ ކަމަށެވެ.

އެސަރަހައްދުގައި ތިބި ބައެއް ފަރާތްތަކުން ގާފު ނޫހަށް މައުލޫމާތު ދެމުން ބުނީ އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެގޭގެ އެހެން ފަންގިފިލާތަކުގައި ތާށިވެފައި ތިބި މީހުން ސަލާމާތްކުރުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ދުމުގެ އަސަރުކޮށްގެން ކަމަށް ބެލެވޭ ދެމީހަކު މިހާރު ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންގޮސްފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ކޮމެންޓް
ފަހުގެ
HDC