logoEN
WAMCO TOP 1
ފުލުހުންގެ ސެޓިފައިޑް ޓްރެއިނަރ ކޯސް – 16 ފަށައިފި

ފުލުހުންގެ ސެޓިފައިޑް ޓްރެއިނަރ ކޯސް – 16 ފަށައިފި

އަހުމަދު ޝުރާއު

logo

7/5/2026, 5:01:04 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ނެޝަނަލް ކޮލެޖް އޮޕް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށްގެންދާ ސެޓިފައިޑް ޓްރެއިނަރ ކޯހުގެ 16 ވަނަ ބުރު ފަށައިފިއެވެ.

THE TRAVELLER AD

މި ކޯހަކީ ދިވެހި ފުލުހުންގެ ޚިދުމަތާއި، ގާނޫނު ތަންފީޒުކުރާ އެހެނިހެން އިދާރާތަކުގައި ގާބިލު މުދައްރިބުން އުފެއްދުމަށް ކުރިއަށްގެންދާ ކޯހެކެވެ.

މި ޖުލައި މަހުގެ 5 އިން 17 އަށް މާލޭގައި ކުރިއަށްގެންދާ މި ކޯހަކީ، ކިޔަވައިދިނުމުގެ އުކުޅުތަކަށް މުދައްރިބުން އަހުލުވެރިކުރުވައި، ފިލާވަޅުތައް ފަރުމާކުރުމާއި، ދަރިވަރުންގެ ފެންވަރު ވަޒަންކުރުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ފަރުމާކޮށްފައިވާ ކޯހެކެވެ. މި ކޯހުގައި، މުއާމަލާތުކުރުމުގެ ހުނަރުތައް ތަރައްގީކުރުމާއި، ކިޔަވައިދިނުމުގެ އުކުޅުތައް އިތުރަށް ހަރުދަނާކުރުމަށް ބާރުއަޅާފައިވެއެވެ. މިކަމުގެ ސަބަބުން، ފެންވަރު ރަނގަޅު ތަމްރީނުތަކެއް ފޯރުކޮށްދޭނެ ގާބިލު އަދި ހުނަރުވެރި، ޕްރޮފެޝަނަލް މުދައްރިބުންތަކެއް އުފެދިގެންދާނެއެވެ.

މި ކޯހުގައި “އެކްސްޕީރިއެންޝަލް ލާނިންގ، ކޮމިއުނިކޭޝަން ސްކިލްސް، މެނޭޖިންގ ގްރޫޕްސް އިން ޓްރެއިނިންގ، ޑިޒައިނިންގ އަ ޓްރެއިނިންގ ސެޝަން، ޕްރެޒެންޓޭޝަން އެންޑް ޑެލިވަރީ ސްކިލްސް އަދި ކްލޯޒަރ އެންޑް އިވެލުއޭޝަން” ފަދަ ބައިތަކުން ތަމްރީނުދޭނެއެވެ. މި ކޯހުގައި، 15 ފުލުހުންނާއި ކަސްޓަމްސްގެ ދެ މުވައްޒަފުން ބައިވެރިވެއެވެ.

ކޮމެންޓް
ފަހުގެ
HDC