.jpg&w=3840&q=75)
އޭޝިއާ-ޕެސިފިކް ސަރަހައްދުގެ ދެމެހެއްޓެނިވި މުސްތަގުބަލަށް ބާއްވާ ބޮޑު ފޯރަމް މި މަހު ފަހުކޮޅު ރާއްޖޭގައި!
# އެންވަޔަރަމަންޓް މިނިސްޓްރީ-
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި، ވޯލްޑް ގްރީން އިކޮނޮމީ އޯގަނައިޒޭޝަން އަދި އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް ގުޅިގެން ބާއްވާ "ރީޖަނަލް ގްރީން އިކޮނޮމީ ފޯރަމް 2026" ދިވެހިރާއްޖޭގައި ބޭއްވުމަށް ރަސްމީކޮށް ހަމަޖައްސައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ތިމާވެށި ރައްކާތެރިކުރުމާއި ފެހި އިގްތިސާދެއް ބިނާކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ބާއްވާ މި މުހިންމު ފޯރަމް ކުރިއަށްގެންދިއުމަށް ތާވަލުކޮށްފައިވަނީ މި އަހަރުގެ ޖުލައި މަހުގެ 29 އިން 30 ގެ ނިޔަލަށެވެ.
މި ފޯރަމްގެ މައިގަނޑު މަގުސަދަކީ އޭޝިއާ-ޕެސިފިކް ސަރަހައްދަށް ދެމެހެއްޓެނިވި އަދި މޫސުމީ ބަދަލުތަކަށް ތަހައްމަލުކުރެވޭނެ ފަދަ އުުސް މުސްތަގުބަލެއް ބިނާކުރުމެވެ. މިކަމަށްޓަކައި ބޭނުންވާ މުހިންމު އިސްތިރާޖީތަކާ ބެހޭގޮތުން ސަރަހައްދީ ފެންވަރުގައި ފުޅާދާއިރާއެއްގައި މަޝްވަރާކޮށް، އެކި ގައުމުތަކުގެ މެދުގައި ފެހި އިގްތިސާދެއް ބިނާކުރުމަށް މަގުފަހިކުރުމަށް ވެސް މި ފޯރަމްގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ.
މި ފަހަރުގެ ބޮޑު ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ކުރުނބާ މޯލްޑިވްސްގައެވެ. މި އިވެންޓްގައި ތިމާވެށީގެ ދާއިރާގެ ބައިނަލްއަގުވާމީ މާހިރުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ އިތުރުން އެކި ޖަމްއިއްޔާތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ދައުރު އިތުރަށް ހާމަކޮށްދޭނެ ފުރުސަތެކެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނި ގޮތުގައި، މި ފޯރަމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން ފޯރަމްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށާއި އިތުރު މައުލޫމާތު ހޯއްދެވުމަށް، މިނިސްޓްރީން އާންމުކޮށްފައިވާ ކިއުއާރް (QR) ކޯޑް ސްކޭން ކުރައްވައިގެން ނުވަތަ ދެވިފައިވާ ރަސްމީ މައިކްރޯސޮފްޓް ފޯމްސް ލިންކު (https://forms.office.com/Pages/Response) މެދުވެރިކޮށް ފުރުސަތު ކަށަވަރު ކުރެއްވުމަށް އެ ވުޒާރާއިން އިލްތިމާސްކުރެއެވެ.
ގުޅުންހުރި
.jpg&w=3840&q=75)
އޭޝިއާ-ޕެސިފިކް ސަރަހައްދުގެ ދެމެހެއްޓެނިވި މުސްތަގުބަލަށް ބާއްވާ ބޮޑު ފޯރަމް މި މަހު ފަހުކޮޅު ރާއްޖޭގައި!

ރާއްޖޭގެ މޫސުމީ އިސްތިރާތީޖީގެ ތެރޭގައި 'ބްލޫ ކާބަން' ހިމަނައި، ކަނޑޫފާތައް އާލާކުރުމަށް އިސްކަންދެނީ
.webp&w=3840&q=75)
ގްރީން ކްލައިމެޓް ފަންޑުގެ 45 ވަނަ ބޯޑު ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވަނީ




