.webp&w=3840&q=75)
ގްރީން ކްލައިމެޓް ފަންޑުގެ 45 ވަނަ ބޯޑު ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވަނީ
# އެންވަޔަރަމަންޓް މިނިސްޓްރީ-
ތަޖިކިސްތާނުގެ ދުޝަންބޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ގްރީން ކްލައިމެޓް ފަންޑު (ޖީ.ސީ.އެފް) ގެ 45 ވަނަ ބޯޑު ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މި މަހުގެ 29 އިން ޖުލައި 2 ގެ ނިޔަލަށް ކުރިއަށްދާ މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ތަމްސީލުކުރައްވާނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުﷲ އެވެ.
ޖީ.ސީ.އެފް އަކީ މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށާއި، އެކަންކަމަށް ހޭނުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިވުމަށް ދުނިޔޭގައި އުފައްދާފައިވާ އެންމެ ބޮޑު މަލްޓިލޭޓަރަލް ފަންޑެވެ. ރާއްޖެއަކީ މިހާރު ޖީ.ސީ.އެފް ބޯޑުގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް (ސިޑްސް) ޚާއްޞަކޮށްފައިވާ ގޮނޑީގެ އޮލްޓަނޭޓް ބޯޑު މެންބަރެވެ.
މި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވުމުގެ މައިގަނޑު މަޤްޞަދަކީ، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ މޫސުމީ ހަރަކާތްތަކަށް އެހީތެރިވުމަށް ޖީ.ސީ.އެފް އިން ކުރަމުންދާ މަސައްކަތްތަކުގައި ކުދި ޖަޒީރާ ޤައުމުތަކުގެ އިސްކަންދޭ ކަންކަމާއި އެ ޤައުމުތަކުގެ ބޭނުންތައް ވަކާލާތުކުރުމެވެ. ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުމުގައި، ފަންޑުގެ އިސްތިރާތީޖީ ކަންކަމާއި، އޮޕަރޭޝަނަލް ސިޔާސަތުތަކާއި، އިންވެސްޓްމަންޓް ޕޯޓްފޯލިއޯއާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުން މަޝްވަރާކުރާނެއެވެ.
ރާއްޖެއިން މި ބައްދަލުވުމުގައި ބައިވެރިވުމަކީ މޫސުމީ ބަދަލުތަކުގެ ނުރައްކާ އޮތް ޤައުމުތަކުގެ ޙައްޤުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި، މޫސުމީ ކަންކަމަށް ބޭނުންވާ މާލީ އެހީތެރިކަން ހަމަހަމަކަމާއެކު ހޯދުމަށް ކުރާ މަސައްކަތްތަކުގެ ހެއްކެކެވެ. މީގެ އިތުރުން، ޖީ.ސީ.އެފްގެ މަސައްކަތްތައް ބައްޓަންކުރުމުގައި ކުދި ޖަޒީރާ ޤައުމުތަކުގެ ޚާއްޞަ ޙާލަތްތަކަށް ރިޢާޔަތްކުރުން ކަށަވަރުކުރުމަކީވެސް ރާއްޖޭގެ މުހިންމު އަމާޒެކެވެ.
ގުޅުންހުރި
.webp&w=3840&q=75)
ގްރީން ކްލައިމެޓް ފަންޑުގެ 45 ވަނަ ބޯޑު ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވަނީ

ލަންޑަން ކްލައިމެޓް ވީކްގައި ރާއްޖޭގެ ވަފުދެއް: ހިމަންދޫ ސައްތައިން ސައްތަ ގްރީން ހަކަތައަށް ބަދަލުކުރާ ބޮޑު މަޝްރޫޢު!

ބެލްޖިއަމްގެ ސަފީރު މިނިސްޓަރު ޢަލީ ޝަރީފްގެ އަރިހަށް: ދޭދޭ ގުޅުންތައް ވަރުގަދަކުރަން ބޮޑެތި މަޝްވަރާތަކެއް!
(1).jpeg&w=3840&q=75)



