logoEN
WAMCO TOP 1
ޖަޕާނުން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް "ޖާޓާ" އާއެކު މުހިންމު މަޝްވަރާތަކެއް!

ޖަޕާނުން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް "ޖާޓާ" އާއެކު މުހިންމު މަޝްވަރާތަކެއް!

އަހުމަދު ޝުރާއު

logo

7/5/2026, 6:37:15 AM

# ރާއްޖެ - ޖަޕާން

-

ޖަޕާނުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށާއި، ދެ ގައުމުގެ ދެމެދުގައި އޮތް ފަތުރުވެރިކަމުގެ ގުޅުންތައް މިހާރަށްވުރެ ބަދަހިކުރުމާ ގުޅޭގޮތުން ޖަޕާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު އަޙްމަދު މަހުލޫފް، ޖަޕާން އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (ޖާޓާ) ގެ ރައީސް މިސްޓަރ ކުނިހާރު އެބީނާއާ އެކު ވަރަށް ކާމިޔާބު ބައްދަލުވުމެއް ބާއްވަވައިފިއެވެ.

THE TRAVELLER AD

މި ބައްދަލުވުމަކީ ޖަޕާނުގެ މާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން ސަފީރު މަހުލޫފް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޖަޕާނުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަކައި ޖާޓާގެ ފަރާތުން ލިބެންހުރި އެހީތެރިކަމާ ބެހޭގޮތުން ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށެވެ. އަދި ޖަޕާނުގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަކީ މަގުބޫލު މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި، އެ ގައުމުގެ މާކެޓުގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތްތައް މިހާރަށްވުރެ ވަރުގަދަކުރުމާ ގުޅޭގޮތުން ވެސް ޚިޔާލު ބަދަލުކުރެވުނެވެ.

މީގެ އިތުރުން، ދިވެހިރާއްޖެއާއި ޖަޕާނުގެ ޓްރެވަލް އެޖެންޓުންގެ މެދުގައި އޮންނަ ގުޅުންތައް ބަދަހިކޮށް، ގާތުން މަސައްކަތް ކުރެވޭނެ މަގުތައް ފަހިކުރުމާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި ޚާއްސަ ސަމާލުކަމެއް ދީގެން ވާހަކަދެކެވުނެވެ. މިފަދަ ގުޅުންތަކުގެ ސަބަބުން ދެ ގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންނަށް އައު ފުރުސަތުތައް ހުޅުވި، ދަތުރުފަތުރުގެ ކަންކަން ހަމަޖެއްސުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

ސަފީރު މަހުލޫފްގެ އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ރާއްޖެއާއި ޖަޕާނާ ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިން އޮންނަ އެއްބާރުލުން އިތުރަށް ފުޅާވެ، ދެ ގައުމުގެ ގުޅުން އައު ހަރުފަތަކަށް ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ކޮމެންޓް
ފަހުގެ
HDC