logoEN
WAMCO TOP 1
ސަފީރު މަހްލޫފު، ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރާއި ބައްދަލުކުރައްވައިފި

ސަފީރު މަހްލޫފު، ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރާއި ބައްދަލުކުރައްވައިފި

އަހުމަދު ޝުރާއު

logo

6/2/2026, 10:51:01 AM

# ރާއްޖެ - ޖަޕާން

-

ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައެޅުއްވި އައު ސަފީރު އަޙްމަދު މަޙްލޫފް، ޖަޕާނުގެ ސްޓޭޓް މިނިސްޓަރ ފޮރ ފޮރިން އެފެއާޒް ކުނިމިޓްސު އަޔާނޯއާ ގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

THE TRAVELLER AD

މިދިޔަ މޭ މަހުގެ 29 ވަނަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައި އެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން ޖަޕާނުގެ ފޮރިން މިނިސްޓްރީން ބުނީ ޖަޕާނުގެ ސްޓޭޓް މިނިސްޓަރ ކުނިމިޓްސު ވަނީ މަޙްލޫފް އެ ޤައުމުގެ ސަފީރުކަމުގެ ފަތްކޮޅު އެރުއްވުމުގެ ރަސްމިއްޔާތު ކާމިޔާބުކަމާއެކު ކުރިއަށްދިއުމާ ގުޅިގެން މަރުޙަބާ ދަންނަވާފައެވެ. އަދި މަޙްލޫފަކީ ކުރިން ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައާއި ޒުވާނުންނާއި ކުޅިވަރާ ބެހޭ ވަޒީރުގެ މަޤާމުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވައި، އޭނާއާއެކު ގާތުން މަސައްކަތްކޮށް، އެކި ދާއިރާތަކުން ރާއްޖެއާއި ޖަޕާނުގެ ގާތް ގުޅުން އިތުރަށް ކުރިއެރުވުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ ކުނިމިޓްސު އިތުރަށް ވިދާޅުވީ، "ފްރީ އެންޑް އޯޕަން އިންޑޯ-ޕެސިފިކް" (އެފްއޯއައިޕީ) ސިޔާސަތު ޙަޤީޤަތަކަށް ހެދުމުގައި ރާއްޖެއަކީ ޖަޕާނުގެ މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި މާލޭގެ ވަށައިގެން ހަދާފައިވާ ބޭރުތޮށީގެ މަޝްރޫޢު ފަދަ، ޖަޕާނުން ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ދިގު މުއްދަތަކަށް ދެމުންދާ އެހީތެރިކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ސަފީރު މަޙްލޫފް ވަނީ ޖަޕާނުން ރާއްޖެއަށް ދެމުންދާ އިޤްތިޞާދީ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އަންނަ އަހަރު ފާހަގަކުރާ ރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ އަލމާސް ޔޫބީލްއާ ދިމާކޮށް، ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ މައްޗަށް ބިނާވެފައިވާ މިނިވަން އަދި ހުޅުވާލެވިފައިވާ ބައިނަލްއަޤްވާމީ ނިޒާމެއް ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޖަޕާނުގެ އިސްލާހުކުރެވިފައިވާ އެފްއޯއައިޕީ ސިޔާސަތު ސްޓޭޓް މިނިސްޓަރ ވަނީ ސަފީރަށް ކިޔައިދެއްވާފައެވެ. އަދި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ރާއްޖެއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރަން ޖަޕާނުން ބޭނުންވާކަން އެކަމަނާ ހާމަކުރެއްވިއެވެ.

ކޮމެންޓް
ފަހުގެ
HDC