logoEN
WAMCO TOP 1
ޤައުމީ ދުވަހުގެ ތައްޔާރީތައް ބެއްލެވުމަށް ވަޒީރު ހީނާ ހއ އަތޮޅަށް

ޤައުމީ ދުވަހުގެ ތައްޔާރީތައް ބެއްލެވުމަށް ވަޒީރު ހީނާ ހއ އަތޮޅަށް

އަހުމަދު ޝުރާއު

logo

7/4/2026, 1:15:43 PM

# ހީނާ ވަލީދު

-

މިއަހަރުގެ ޤައުމީ ދުވަހަށް ހއ. އުތީމުގައި ކުރިއަށްދާ ތައްޔާރީތައް ބެއްލެވުމަށާއި، އެ އަތޮޅުގައި ކުރިއަށްދާ ވުޒާރާގެ މުހިންމު މަޝްރޫޢުތަކުގެ އަދާހަމަ ބެއްލެވުމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ހއ. އަތޮޅަށް ރަސްމީ ދަތުރުފުޅެއް ފަށްޓަވައިފިއެވެ.

THE TRAVELLER AD

އިއްޔެ ފެށްޓެވި މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ހއ. އުތީމު، ތަކަންދޫ، އަދި ބާރަށުގައި ފަށައިގެން ކުރިއަށްދާ "ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކުރުމުގެ ޤައުމީ މަޝްރޫޢު" ގެ މަސައްކަތްތައް ހިނގާނުހިނގާގޮތް ބެއްލެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ވަޒީރު އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ މިއަހަރުގެ ޤައުމީ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ހއ. އުތީމަށެވެ.

އުތީމު ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، މިއަހަރުގެ ޤައުމީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ރަށް ޒީނަތްތެރިކުރުމުގެ ބޮޑު މަޝްރޫޢެއްގެ އިތުރުން، ފޯރިގަދަ އަދި ސަގާފީ ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ. މިއަހަރުގެ ޤައުމީ ދުވަހަކީ އަންނަ އޮގަސްޓު މަހުގެ 14 ވަނަ ދުވަހެއެވެ.

މި ދަތުރުފުޅުގެ ތެރެއިން ވަޒީރު ހީނާ ވަލީދު އެ އަތޮޅު ބާރަށަށާއި ތަކަންދޫއަށް ވަޑައިގަތުމަށްވެސް ވަނީ ތާވަލުކުރެވިފައެވެ. އެ ރަށްރަށަށް ވަޑައިގެން ޣާޒީ ބަންޑާރައިންގެ ތާރީޚީ ވާހަކަތަކާއި އަސަރުތައް ހިމާޔަތްކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ކުރިއަށްދާ މަސައްކަތްތަކުގެ ފަހުގެ އަދާހަމަ ބައްލަވާލައްވާނެއެވެ.

މީގެއިތުރުން، މި ތިން ރަށުގެ ކައުންސިލްތަކާ ވަކިވަކިން ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުންނާއި ރައްޔިތުންނަށް ބޭނުންވެފައިވާ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
ފަހުގެ
HDC