logoEN
WAMCO TOP 1
ދާއިރާ ކުރިއަރުވާނީ އަމިއްލަ ޖަމްޢިއްޔާތަކުގެ ބައިވެރިވުމާއެކު - ހީނާ

ދާއިރާ ކުރިއަރުވާނީ އަމިއްލަ ޖަމްޢިއްޔާތަކުގެ ބައިވެރިވުމާއެކު - ހީނާ

އަހުމަދު ޝުރާއު

logo

6/9/2026, 7:24:07 AM

# ހީނާ ވަލީދު

-

ފަންނާ، ސަގާފަތާއި ތަރިކައިގެ ދާއިރާގެ މަސައްކަތްތައް ރާއްވަވައި ހިންގަވާނީ އެ ދާއިރާގައި ހަރަކާތްތެރިވާ ވީހާވެސް ގިނަ އަމިއްލަ ޖަމްޢިއްޔާތަކުގެ ފުރިހަމަ ބައިވެރިވުން ހިމެނޭގޮތަށް ކަމުގައި މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

ވަޒީރު މިފަދައިން ވިދާޅުވީ މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީއާ އެކު މިއަދު އެ ވުޒާރާގައި ކުރިއަށް ދިޔަ ޚާއްޞަ ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހީނާ ވަލީދު އިތުރަށް ވިދާޅުވީ، މި ދާއިރާގެ ޢިލްމީ އަދި ފަންނީ ބޭފުޅުން ހިމެނޭހެން އެންމެންގެ ވެސް ބައިވެރިވުމާއި އެހީތެރިކަމާ އެކު ގުޅިގެން ކުރެވޭ މަސައްކަތަކުން ނޫނީ ފަންނާ ސަގާފަތާއި ތަރިކައިގެ ދާއިރާ އެދެވޭ ގޮތެއްގައި ތަރައްޤީ ނުކުރެވޭނެ ކަމަށެވެ. އަދި ދާއިރާ ކުރިއެރުވުމަށް ވުޒާރާއިން ކުރައްވާ ހުރިހާ މަސައްކަތްޕުޅުތަކެއްވެސް ބައްޓަން ކުރައްވާނީ އެއްބާރުލުމާއި ގުޅިގެން މަސައްކަތް ކުރުމުގެ ރޫޙު އުފެއްދޭނޭ ގޮތަށް ކަމުގެ ފުރިހަމަ ޔަޤީންކަން އެކަމަނާ ދެއްވިއެވެ.

މި ބައްދަލުވުމުގައި މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޖަމިއްޔާގެ ރައީސް ޠާހާ އަބޫބަކުރުގެ އިތުރުން ސެކެޓްރީ ޖެނެރަލް އަޙްމަދު އަފްރަހެވެ.

ބައްދަލުވުމުގެ ތެރެއިން ޖަމިއްޔާގެ ރައީސް ވަނީ، އެ ޖަމިއްޔާއިން މީގެ ކުރިން ކޮށްފައިވާ މުހިންމު މަސައްކަތްތަކާއި ކުރިއަށް ރާވައިފައިވާ ހަރަކާތްތަކުގެ ތަފްޞީލީ މައުލޫމާތު ވަޒީރާ ޙިއްސާ ކުރައްވާފައެވެ. އަދި އަމިއްލަ ޖަމިއްޔާއެއްގެ ހައިސިއްޔަތުން ރާއްޖޭގެ ތަރިކައާއި ސަގާފަތް ރައްކާތެރިކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމުގައި ދިމާވާ ގޮންޖެހުންތައް ބަޔާންކޮށްދެއްވައި، މި މަސައްކަތްތައް ފުޅާކުރުމަށް ވުޒާރާގެ ފަރާތުން ބޭނުންވާ އެހީތެރިކަމާ ގުޅޭގޮތުން ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.

ކޮމެންޓް
ފަހުގެ
HDC