
-
ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތު މިރޭ އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. މި ރަސްމިއްޔާތު ޕީއެސްއެމް ނިއުސް މެދުވެރިކޮށް ވަގުތުން ދައްކާގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސް އޮފިސަރުންނާއި، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އިސްވެރިންގެ އިތުރުން ދަސްވެނިވާ އޮފިސަރުންގެ އާއިލާތަކާއި ދައުވަތު އެރުވިގެން ވަޑައިގަންނަވާ މެހެމާނުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
158 ބައިވެރިންނާއެކު ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯސް ފަށާފައިވަނީ 2026 ފެބުރުވަރީ 15 ގައެވެ. ހަތަރު މަސްދުވަހުގެ މި ތަމްރީނު ޕްރޮގްރާމް ޖުމްލަ 140 އޮފިސަރުން ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 104 ފިރިހެން އޮފިސަރުންނާއި 36 އަންހެން އޮފިސަރުންނެވެ.
ފުލުހުންގެ އަސާސީ ތަމްރީނު ކޯހަކީ އަލަށް ފުލުހުންގެ ޚިދުމަތާ ގުޅޭ އޮފިސަރުންނަށް ބޭނުންވާ އިލްމާއި، އަހުލާގާއި، ސުލޫކީ މިންގަނޑުތަކުގެ އިތުރުން، ފުލުހުންގެ މަސްއޫލިއްޔަތު އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށް ބޭނުންވާ ފަންނީ ހުނަރުތައް ދަސްކޮށްދިނުމަށް ފަރުމާކުރެވިފައިވާ ކޯހެކެވެ. މީގެ ތެރޭގައި އިންސާނީ ހައްގުތަކާއި، ކޮމިއުނިޓީ ޕޮލިސިންގ، އަދި ތަހުގީގު ކުރުމުގެ ހުނަރުތަކާއި ގާނޫނު ތަންފީޒުކުރުމުގެ އަހުލާގީ މިންގަނޑުތައް ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ކޯހުން އެންމެ ރަނގަޅު ނަތީޖާ ހޯދާ އޮފިސަރުންނަށް އެވޯޑް ހަވާލުކުރުން އޮންނާނެއެވެ. މި ހިނގާލުމަކީ ދަސްވެނިވާ އޮފިސަރުން ތަމްރީނު ނިންމައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަމަންއަމާންކަން ދަމަހައްޓައި ރައްޔިތުންނަށް ހިދުމަތްކުރުމަށް އަމަލީ މައިދާނަށް ނުކުތުމުގެ ކުރިން ބާއްވާ ރަސްމިއްޔާތެކެވެ.
ގުޅުންހުރި

ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވެވުން މިރޭ!

މަސްތުވާތަކެއްޗާއި ގްރޫޕް ކުށްތައް ހިންގާ ކަމުގެ ތުހުމަތުގައި ހިތަދޫގެ ގެއެއް 3 މަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 1އިން މީހަކު ހައްޔަރުކޮށްފި




