logoEN
WAMCO TOP 1
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 1އިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 1އިން މީހަކު ހައްޔަރުކޮށްފި

އަހުމަދު ޝުރާއު

logo

7/2/2026, 5:08:59 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކޮށް ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1އިން މީހަކު ހައްޔަރުކޮށްފިއެވެ.

THE TRAVELLER AD

މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ކ.ތުލުސްދޫ / ވައިޓްރޯސް ، މުޙައްމަދު ޙަމްދާން (40އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ މަހު 30 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު މަގުމަތީގައި ހުރި މީހެއްގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 24 ރަބަރު ޕެކެޓު ފެނުމާ ގުޅިގެންނެވެ.

އެތަކެތީގެ ވަގުތީ ބަރުދަނަކީ 2.95 ގުރާމެވެ. މި މައްސަލަ އާ ގުޅިގެން އިތުރަށް އޭނާ ބަލައި ފާސްކުރިއިރު 2000 އަށް ވުރެ ގިނަ ދިވެހި ފައިސާ ވެސް އޭނާ ގެ އަތުން ފެނިފައިވެއެވެ.

މި މައްސަލަ އާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC