
--
ބޮލީވުޑްގެ އެންމެ މަގުބޫލު ދެ ތަރިން ކަމަށްވާ އަކްޝޭ ކުމާރު އަދި ސައިފް އަލީ ޚާން އެކުގައި ފެނިގެންދާ އުންމީދީ ސަސްޕެންސް ތްރިލަރ "ހައިވާން" ރިލީޒްކުރާ ތާރީޚް ރަސްމީކޮށް އިޢުލާންކޮށްފިއެވެ.

ފިލްމު އުފައްދާ ފަރާތްތަކުން ސޯޝަލް މީޑިއާގައި ވަނީ ފިލްމުގެ ރަސްމީ ޕޯސްޓަރު ދައްކާލައި، މި ފިލްމު މި އަހަރުގެ ސެޕްޓެމްބަރު 11 ގައި ސިނަމާތަކަށް އަންނާނެކަން ކަށަވަރުކޮށްދީފައެވެ.

މިއީ 2008 ވަނަ އަހަރު ނިކުތް "ތަޝަން" އަށްފަހު، ގާތްގަނޑަކަށް 18 އަހަރުގެ ދިގު އިންތިޒާރަކަށްފަހު އަކްޝޭ އާއި ސައިފް އެކުގައި ބޮޑުސްކްރީނުން ފެންނާނެ ފުރަތަމަ ފަހަރެވެ.
މި ފިލްމު ޑައިރެކްޓްކުރަނީ ކޮމެޑީ ފިލްމުތަކުން ބެލުންތެރިންގެ ހިތްތައް އަތުލާފައިވާ ކާމިޔާބު ޑައިރެކްޓަރު ޕްރިޔަދަރްޝަން އެވެ. ނަމަވެސް އޭނާގެ އާންމު ވައްޓަފާޅިއާ ޚިލާފަށް "ހައިވާން" ވެގެންދާނީ ވަރަށް ސީރިއަސް އަދި ސަސްޕެންސް ތްރިލަރ އަކަށެވެ.
މި ފިލްމުގައި އަކްޝޭ އާއި ސައިފްގެ އިތުރުން ބޮލީވުޑްގެ ވަރުގަދަ ތަރިންތަކެއް ފެނިގެންދާނެއެވެ. އޭގެ ތެރޭގައި ކާޖޮލް، ބޮބީ ޑިއޯލް، ބޯމަން އިރާނީ، ފަދަ ތަރިން ހިމެނެއެވެ.
މީގެ އިތުރުން، މަލަޔާލަމް ސިނަމާގެ ލެޖެންޑް މޯހަންލާލް ވެސް މި ފިލްމުގެ ޚާއްޞަ ފެނިލުމަކުން ފެންނާނެއެވެ.
ޑައިރެކްޓަރު ޕްރިޔަދަރްޝަން ހާމަކުރި ގޮތުގައި އޭނާ އަބަދުވެސް އިސްކަންދެނީ ތަރިންނަށްވުރެ ބޮޑަށް ފިލްމުގެ ސްކްރިޕްޓަށެވެ. އަދި މި ފިލްމަކީ ވަރަށް ވަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާވެފައިވާ ފިލްމެއްކަމުގެ ޔަގީންކަން އޭނާ ދެއެވެ.






