logoEN
WAMCO TOP 1
ޓޭލަރ އާއި ޓްރެވިސްގެ ސިއްރު ކައިވެނި

ޓޭލަރ އާއި ޓްރެވިސްގެ ސިއްރު ކައިވެނި

ސާރާ އަހުމަދު

logo

7/2/2026, 2:20:00 PM

# ހޮލީވުޑް

--

ޓޭލަރ ސުވިފްޓް އާއި ޓްރެވިސް ކެލްސީގެ ކައިވެނީގެ ރަސްމިއްޔާތު ނިއުޔޯކްގެ މަޝްހޫރު މެޑިސަން ސްކޮޔަރ ގާޑަން ގައި ބޭއްވުމަށް ތައްޔާރުވަމުންދާއިރު، މެހެމާނުން ޕާޓީގެ ސިއްރުހިފެހެއްޓުމަށް އެ އިމާރާތުގެ ބިމުގެ އަޑީގައިވާ މަގުތަކުގެ ބޭނުން ހިފަން ނިންމައިފިއެވެ.

THE TRAVELLER AD

މި ކައިވެނީގެ ހަފްލާއަށް ގާތްގަނޑަކަށް 1000 އަށްވުރެ ގިނަ މެހެމާނުންނަށް ދައުވަތު ދީފައިވާއިރު، އެމްއެސްޖީގެ ބިމުގެ އަޑީގައިވާ މި މަގުތަކުގެ އެހީގައި މެހެމާނުންނަށް އެއްވެސް މީހަކަށް ނުފެނި، ސީދާ ގާޑަންގެ އެތެރެއަށް ވެހިކަލްތަކުގައި ވަދެވޭނެއެވެ.

މީގެ އިތުރުން، އެމްއެސްޖީއަކީ ބޭރުން އެތެރެ ފެންނާނެ ކަހަލަ ކުޑަދޮރުތައް ހުންނަ ތަނަކަށް ނުވުމާއި، ޑްރޯން ބޭނުންކޮށްގެން މަތިން ފޮޓޯ ނެގުމަށް ހުރަސްއެޅޭ ގޮތަށް ފަރުމާކޮށްފައިވާ ބަންދު ތަނަކަށް ވުމަކީ މި ދެތަރިންނަށް އެންމެ ފުރިހަމަ ޕްރައިވެސީ ލިބިގެންދާނެ ސަބަބެކެވެ.

މި ބޮޑު ހަފްލާއަށްޓަކައި އެ ސަރަހައްދުގެ މަގުތައް ބަންދުކުރުމުގެ ހުއްދައަށް ވެސް ވަނީ އެދިފައެވެ. ސިޓީގެ ރަސްމީ ލިޔެކިޔުންތަކުން ދައްކާގޮތުގައި، ޖޫން 28 އިން ޖުލައި 4 ގެ ނިޔަލަށް އެ ސަރަހައްދުގެ ބައެއް މަގުތައް ބަންދުކޮށްގެން ބޮޑެތި ކާގޯ ޓްރަކްތަކުން ލައިޓިންގ އާއި ސްޓޭޖް ސާމާނުތައް ދަނީ ވައްދަމުންނެވެ.

މި ދެމަފިރިން ކައިވެނީގެ ކަންކަން ސިއްރުން ކުރިއަށްގެންދާތީ އެކި ގޮތްގޮތަށް ވާހަކަ ދެކެވެމުންދާއިރު، ޓްރެވިސްގެ ގާތް އެކުވެރިއެއް ކަމަށްވާ ޖޯޖް ކިޓްލް ބުނެފައިވަނީ، އޭނާއަށް ދައުވަތު ލިބުނު ނަމަވެސް ވަކި ތަނެއް އަދި ނޭނގޭ ކަމަށެވެ.

ކޮމެންޓް
ފަހުގެ
HDC