logoEN
WAMCO TOP 1
ކިއޫތައް ދިގުވުމުން ހިތަދޫ އުތުރު ދާއިރާގެ ވޯޓުލުމުގެ ވަގުތު ހަވީރު 5:00 އަށް އިތުރުކޮށްފި

ކިއޫތައް ދިގުވުމުން ހިތަދޫ އުތުރު ދާއިރާގެ ވޯޓުލުމުގެ ވަގުތު ހަވީރު 5:00 އަށް އިތުރުކޮށްފި

އަހުމަދު ޝުރާއު

logo

6/6/2026, 11:34:14 AM

# އިލެކްޝަން ކޮމިޝަން

-

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުމުގެ ވަގުތު ހަވީރު 17:00 ޖެހުމާ ހަމައަށް އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.

THE TRAVELLER AD

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ވޯޓުލުމުގެ ވަގުތު އިތުރުކުރަން ނިންމެވީ ވޯޓުލާ މަރުކަޒުތަކުގެ ކިއުތައް ދިގުވުމުގެ ސަބަބުން ވޯޓުލާން ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

މިއަދު މެންދުރުފަހު 15:00 އާ ހަމައަށް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ޖުމްލަ 2055 މީހުން ވަނީ ވޯޓުލާފައެެވެ. އެއީ ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ 49.87 އިންސައްތައެވެ. މީގެ ތެރޭގައި ހިމެނެނީ 976 ފިރިހެނުންނާއި 1079 އަންހެނުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން އިތުރަށް ބުނީ، އިތުރު ކުރި ވަގުތާއެކު ހަވީރު 17:00 ގެ ފަހުން އެއްވެސް މީހަކަށް އަލުން ކިޔޫއަށް އެރުމުގެ ފުރުސަތެއް ނުލިބޭނެ ކަމަށެވެ. ނަމަވެސް އެ ވަގުތު ހަމަވާއިރު ކިޔޫގައި ތިބި ހުރިހާ އެންމެން ވޯޓުލާ ނިމުމުން ވޯޓުފޮށިތައް ބަންދުކުރާނެއެވެ. އަދި ވޯޓު ގުނަން ފަށާނީ ވޯޓު ފޮށިތައް ބަންދުކުރާތާ 30 މިނެޓް ފަހުންނެވެ.

މި އިންތިޚާބުގައި ޖުމްލަ 4121 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިގެންވާއިރު، އޭގެ ތެރޭގައި ހިމެނެނީ 2073 އަންހެނުންނާއި 2048 ފިރިހެނުންނަށެވެ. މި ބައި-އިލެކްޝަނަށްޓަކައި ޖުމްލަ 7 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އެއީ މާލޭގެ ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައިވާ 2 ފޮއްޓާއި، އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައި ބަހައްޓާފައިވާ 5 ފޮއްޓެވެ.

ކޮމެންޓް
ފަހުގެ
HDC