
ދަރަވަންދޫގައި ޕާސްޕޯޓް ހިދުމަތްދޭން ފެށުން- ފޮޓޯ: އިމިގްރޭޝަން
ބ. ދަރަވަންދޫގައި ޕާސްޕޯޓުގެ ހިދުމަތްދޭން ފަށައިފި އެވެ.

މޯލްޑިވްސް އިމިގްރޭޝަން އިން ބުނީ މުޅި ރާއްޖެއަށް ޕާސްޕޯޓްގެ ހިދުމަތް ދިނުމުގެ މަޝްރޫއުގެ ދަށުން މިއަދު ދަރަވަންދޫގައި ޕާސްޕޯޓް ހިދުމަތް ރަސްމީކޮށް ފަށާފައިވާ ކަމަށެވެ.
މިއާއެކު ބ. އަތޮޅުގެ ދެ ރަށަކުން ޕާސްޕޯސްޓް ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެއީ ބ. އޭދަފުށި އަދި ބ. ދަރަވަންދޫ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެހެންކަމުން ބ.އަތޮޅުން ޕާސްޕޯޓު ނެގުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު "އިމުގާ" މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހަޅާއިރު "ކަލެކްޝަން ޕޮއިންޓް" ގެ ގޮތުގައި މިތަނުން ރަށެއް ހިޔާރުކުރުމުގެ އިހްތިޔާރް އޮތްކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، މަރުކަޒީކޮށް ދެމުން ދިޔަ މުހިންމު ހިދުމަތްތައް ރަށްރަށުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކޮންމެ އަތޮޅަކުން މަދުވެގެން އެއްރަށުން އައިޑީކާޑުގެ ހިދުމަތާއި ޕާސްޕޯޓް ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ވަނީ ނިންމާފަ އެވެ.
ގުޅުންހުރި

ޓޭކްއަވޭ އަދި ކެފޭތަކަށް އަމާޒުކޮށް ހިންގި ރޭޑެއްގައި ޤަވާއިދާ ޚިލާފަށް އުޅުނު 3 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް!

ޤަވާއިދާ ޚިލާފަށް އުޅެމުން އައި 5 ބިދޭސީން ހައްޔަރުކޮށްފި

ދަރަވަންދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި




