
ގުރައިދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށިގެން ކުރިޔަށް!
# ތ. ގުރައިދޫ-
ތ. ގުރައިދޫގެ ރައްޔިތުންނަށް ދިމާވެފައިވާ މަގުތަކުގެ ބޮޑު ކަންބޮޑުވުމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި، އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ރަސްމީކޮށް ފަށައިގެން ކުރިއަށް އެބަގެންދެއެވެ.

މި މަޝްރޫއަކީ ސަރުކާރުން ހަވާލުކޮށްގެން، ރަށުގެ މައިގަނޑު ހުރިހާ މަގުތަކެއް ތާރުއަޅައިގެން ނުވަތަ ޒަމާނީ ފެންވަރަށް ހެދުމަށް ކުރިއަށްގެންދާ މުހިންމު ތަރައްގީގެ މަޝްރޫއެކެވެ.
މި މަޝްރޫއަކީ ޑިޒައިން އެންޑް ބިލްޑް (އަމިއްލައަށް ފަރުމާކޮށްގެން ބިނާކުރުން) އުސޫލުން ހިންގޭ ޕްރޮޖެކްޓެކެވެ. މި އުސޫލުގެ ދަށުން މަގުތަކުގެ ކުރެހުންތައް ތައްޔާރުކުރުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމާއި، މަގުބައްތި ދިއްލުމުގެ އިތުރުން މަގުތައް ހެދުމުގެ ހުރިހާ މަރުހަލާއެއް ކުރިއަށްގެންދާނީ އާރްޑީސީގެ ސީދާ ބެލުމުގެ ދަށުންނެވެ.
މި މަޝްރޫއު ނިމުމުން ގުރައިދޫ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ލިބި، ދަތުރުފަތުރުކުރުމުގައްޔާއި ހިނގާބިނގާވެއުޅުމުގައި ރައްޔިތުންނަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.
އާރުޑީސީއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ތަރައްގީގެ މަޝްރޫއުތައް ދަނީ ވަރަށް ހަލުވިކަމާއެކު ހިންގަމުންނެވެ.
ގުޅުންހުރި

ގުރައިދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށިގެން ކުރިޔަށް!

5 މިލިއަން ގަސް އިންދުމުގެ މަޝްރޫއާއެކު ގުރައިދޫ ކަނޑޫފާ ސަރަހައްދު ސާފުކޮށްފި

ގުރައިދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ 76% މަސައްކަތް ނިމިއްޖެ




