logoEN
WAMCO TOP 1
ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައި މަސައްކަތްކުރި ކުންފުނި ޖޫރިމަނާކޮށްފި

ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައި މަސައްކަތްކުރި ކުންފުނި ޖޫރިމަނާކޮށްފި

އަހުމަދު ޝުރާއު

logo

6/28/2026, 10:52:23 AM

# މާލެ ސިޓީ ކައުންސިލް

-

މަޖީދީމަގުގައި ހުރި "ގ. ބޮޑުގެވިލާ" އިމާރާތުގައި ސަލާމަތީ ފިޔަވަޅުތައް ނާޅައި މަސައްކަތް ކުރަނިކޮށް އިއްޔެ ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން، އެ ކަމުގައި އިހުމާލުވި ކުންފުނި ހޯދައި ސިޓީ ކައުންސިލުން ފިޔަވަޅު އަޅާ ޖޫރިމަނާ ކޮށްފައެވެ.

THE TRAVELLER AD

ދެ މުވައްޒަފަކަށް އަނިޔާވި މި ހާދިސާއަށްފަހު، ކައުންސިލުން ވަނީ މިފަދަ އިހުމާލުތައް ތަކުރާރުވިޔަ ނުދިނުމަށާއި، އާންމުންނާއި މަސައްކަތްތެރިންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ހެދިފައިވާ އުސޫލުތަކަށް ހުރިހާ ފަރާތްތަކުންވެސް ފުރިހަމައަށް ބޯލެނބުމަށް އިލްތިމާސްކޮށްފައެވެ.

ގ. ބޮޑުގެވިލާ އިމާރާތުގައި ސަލާމަތީ ރައްކާތެރިކަމުގެ އެއްވެސް މިންގަނޑަކަށް ނުބަލައި، ބަލަންޖެހޭ ވަރަށް ނުބަލައި ނުރައްކާތެރިކޮށް މަސައްކަތް ކުރަމުން ދަނިކޮށެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކުންފުނީގެ ފަރާތުން ސަލާމަތީ ކަންކަމަށް ފަރުވާކުޑަކުރުމުންކަން ތަހުގީގަށް އެނގުމާ ގުޅިގެން، ކައުންސިލުން ވަނީ އިހުމާލުވި ފަރާތް ޖޫރިމަނާކޮށް، ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާފައެވެ.

މާލޭގެ ކޮންސްޓްރަކްޝަން ސައިޓްތަކާއި މަރާމާތުކުރާ ތަންތަނުގައި ސަލާމަތީ ފިޔަވަޅުތަކަށް ފަރުވާކުޑަކުރުމުގެ ސަބަބުން މަސައްކަތްތެރިންނާއި މަގުމަތިން ހިނގާބިނގާވެއުޅޭ އާންމު ރައްޔިތުންގެ ފުރާނައަށް ނުރައްކާވުމަކީ އާންމު ކަމެކެވެ.

އެހެންކަމުން، މިފަދަ ހިތާމަވެރި ހާދިސާތައް މުސްތަގުބަލުގައި ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ހުރިހާ ރައްޔިތުންނާއި ކުންފުނިތަކުންވެސް ސަލާމަތީ ފިޔަވަޅުތަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި މާލޭގައި ކުރިއަށްގެންދާ ކޮންމެ މަސައްކަތެއްވެސް ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ނޫނީ ކުރިއަށް ނުގެންދިއުމަށް ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC