
މަސްޖިދުލް ސުލްތާނު މުހައްމަދުލް ފަރީދުލް އައްވަލްގެ ވުޟޫކުރާބައި މަރާމާތުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި
# މާލެ ސިޓީ ކައުންސިލް-
މާލޭގައި ހުންނަ މަސްޖިދުލް ސުލްތާނު މުހައްމަދުލް ފަރީދުލް އައްވަލް މިސްކިތުގެ ވުޟޫކުރާބައިގެ މުށިތައް ބަދަލުކޮށް، އެ ތަން މަރާމާތު ކުރުމުގެ މަސައްކަތް، މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މިއީ މާލެ ސިޓީގެ މިސްކިތްތަކުގެ އާބާތުރަ ފިލުވައި މިސްކިތްތައް ރަނގަޅު ފެންވަރެއްގައި ބެހެއްޓުމަށް، ކައުންސިލުން ޚާއްސަ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމަނައިގެން ކުރިއަށްދާ މަސައްކަތެކެވެ.
މިސްކިތްތައް މަރާމާތުކޮށް ޒީނަތްތެރި ކުރުމާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، "މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ ކޮންމެ މިސްކިތެއް ވެސް، ސާފުކޮށް ބޭއްވުމާއި ޒަމާނާ އެއްގޮތަށް ތަރައްޤީކޮށް ޒީނަތްތެރި ކުރުމަކީ " ކައުންސިލްގެ މުހިންމު އަމާޒެއް ކަމަށެވެ. މީގެތެރޭގައި މިސްކިތްތަކަށް ނަމާދަށްދާ ފަރާތްތަކަށް ފަސޭހަވާނެހެން، ވަސީލަތްތައް ޤާއިމްކުރުން ހިމެނެއެވެ.
ސިޓީ ކައުންސިލުން އަންނަނީ، މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި މިސްކިތްތަކުގެ ހާލަތު ބަލައި، މަރާމާތު ކުރަންޖެހޭ ކަންކަން ދެނެގަނެ އެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދަމުންނެވެ.
މާލެ ސިޓީ ކައުންސިލުން، މާލެ ސަރަހައްދުގެ ޖުމްލަ 41 މިސްކިތެއްގެ ކަންކަން، ކޮންމެ ދުވަހަކު ވެސް އަންނަނީ ބަލަމުންނެވެ
ގުޅުންހުރި

މައްޗަންގޮޅި އުތުރުގައި ހަލާކުވެފައިވާ މަގުތަކާއި ގޯޅިތަކުގެ ހާލަތު މޭޔަރާއި ކައުންސިލަރު ބައްލަވައިލައްވައިފި

މަސްޖިދުލް ސުލްތާނު މުހައްމަދުލް ފަރީދުލް އައްވަލްގެ ވުޟޫކުރާބައި މަރާމާތުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި

ވެޓް މާރުކޭޓް މައްސަލައިގައި ބިން ހަވާލުކުރެވޭނީ ޤާނޫނާ ޤަވައިޢިދުގެ ތެރެއިން - މާލެ ސިޓީ ކައުންސިލް




