logoEN
WAMCO TOP 1
މައްޗަންގޮޅި އުތުރުގައި ހަލާކުވެފައިވާ މަގުތަކާއި ގޯޅިތަކުގެ ހާލަތު މޭޔަރާއި ކައުންސިލަރު ބައްލަވައިލައްވައިފި

މައްޗަންގޮޅި އުތުރުގައި ހަލާކުވެފައިވާ މަގުތަކާއި ގޯޅިތަކުގެ ހާލަތު މޭޔަރާއި ކައުންސިލަރު ބައްލަވައިލައްވައިފި

އަހުމަދު ޝުރާއު

logo

6/21/2026, 3:12:03 PM

# މާލެ ސިޓީ ކައުންސިލް

-

މާލެ ސިޓީގެ މައްޗަންގޮޅި އުތުރު ދާއިރާގައި ހަލާކުވެފައިވާ މަގުތަކާއި ހަނި ގޯޅިތައް މަރާމާތު ކުރުމަށް ޓަކައި، އެ މަގުތަކުގެ ހާލަތު، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމާއި އެ ދާއިރާގެ ކައުންސިލަރު ޚަދީޖާ މުޙައްމަދު ބައްލަވާލައްވައިފިއެވެ.

THE TRAVELLER AD

މި ޒިޔާރަތުގައި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ މީކާއިލް މުޙައްމަދު ރިޔާޟް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެ ގޮތުން މި ދާއިރާގައި ހަލާކުވެފައިވާ ތިން މަގަކާއި، ވާރޭވެހޭ ދުވަސްވަރު ފެންބޮޑުނުވާނެހެން އަލުން ތަރައްޤީކުރަން ޖެހިފައިވާ ދެ މަގެއް ވަނީ ފާހަގަކުރެވިފައެވެ. މި ޒިޔާރަތުގައި މޭޔަރ ޢާޒިމާއި ކައުންސިލަރު ޚަދީޖާ ވަނީ، ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވާފައެވެ.

މިކަމާ ގުޅޭގޮތުން ކައުންސިލަރު ޚަދީޖާ މުޙައްމަދު ވިދާޅުވީ، މި މަގުތަކަކީ އެއްވެސް ވަރަކަށް އަޅައިނުލެވި ގިނަ ދުވަސްތަކެއް ވެފައިވާ މަގުތަކެއް ކަމަށެވެ. "މިހެން ވުމުގެ ސަބަބުން ދާއިރާގެ ރައްޔިތުންނާއި މި މަގުތަކާއި ގޯޅިތައް ބޭނުންކުރާ މީހުންނަށް ތަފާތު އަނިޔާތައް ލިބޭ. އަދި ވިއްސާރަވުމުގެ ސަބަބުން ލިބޭ ގެއްލުންތައް ވެސް ވަރަށް ބޮޑު" ޚަދީޖާ ފާހަގަކުރެއްވިއެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ މާލޭގެ މަގުތަކުގެ ޖާގަ ބޮޑުކޮށް މަގުތައް ރީތިކުރުމަށް މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. ޚާއްޞަކޮށް ހަނި ގޯޅިތައް އަލިކުރުމާއި، ހަލާކުވެފައިވާ ގޯޅިތަކާއި މަގުތައް މަރާމާތުކުރުމަކީ، ކައުންސިލުން ޚާއްޞަ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަންކަން ކަމަށް މޭޔަރ ވިދާޅުވިއެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ހިތްފަސޭހަ ތަނަކަށް މާލެ ހެދުމަށް ޓަކައި ކުރިއަށްދާ މަޝްރޫޢުތަކުގެ ތެރޭގައި މަގުތައް މަރާމާތުކުރުމުގެ އިތުރުން، ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ރޭވިފައިވާކަން މާލެ ސިޓީ ކައުންސިލުން ފާހަގަކުރެއެވެ.

މި އަހަރު އަލަށް ހުވައިކުރެއްވި ކައުންލަރުން، މަސްއޫލިއްޔަތާ ޙަވާލުވެ ވަޑައިގެންނެވި ފަހުން، އެ ބޭފުޅުން ނިސްބަތްވެ ވަޑައިގަންނަވާ ދައިރާތަކުގެ ރައްޔިތުންނާ ބައްދަލުކޮށް، އެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އައްސަވައި، އެ ކަންބޮޑުވުންތަކަށް އަވަސް ޙައްލެއްގެ ގެނެސްދެއްވުމަށް ބުރަކޮށް މަސަކަތްޕުޅު ކުރައްވަމުން ގެންދަވާކަން ފާހަގަކުރެވެއެވެ.

ކޮމެންޓް
ފަހުގެ
HDC