logoEN
WAMCO TOP 1
މަސްތުވާތަކެތީގެ މައްސަލާގައި ނައިފަރުން 3 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލާގައި ނައިފަރުން 3 މީހަކު ހައްޔަރުކޮށްފި

# މަސްތުވާތަކެތީގެ މައްސަލަ# ފުލުހުން

މަސްތުވާތަކެތީގެ މައްސަލާގައި ނައިފަރުން ހައްޔަރުކުރި 3 މީހުން

މަސްތުވާތަކެތީގެ މައްސަލައެއްގައި ޅ.ނައިފަރުން 3 މީހަކު ހައްޔަރުކޮށްފި އެވެ.

THE TRAVELLER AD

ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ޅ.ނައިފަރު، ނޭޒާ، އާދަމް ހަސަންފުޅު (41އ) އާއި، ޅ.ނައިފަރު މުރަނގަމާގެ، މުހައްމަދު ޝިފާޒު (36އ) އަދި ސޭމް ސަޖޫ، އިންޑިއާ، (28އ) ކަމަށެވެ.

ފުލުހުން ބުނީ މި މީހުން ހައްޔަރުކޮށްފައިވަނީ ނައިފަރު ގެއެއްގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ވިޔަފާރިކުރާކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން އެތަން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 37 ރަބަރު ޕެކެޓާއި، މަސްތުވާތަކެތި ވިއްކައި ވިޔަފާރި ކުރުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުންވެސް 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ފުލުހުން މި މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް
ފަހުގެ
HDC