
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
# މަސްތުވާތަކެތީގެ މައްސަލަ# ފުލުުހުންމަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހެއް- ފޮޓޯ: ފުލުހުން

މަސްތުވާތަކެތި ގެންގުޅޭ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އަބުގަސްދޮށުގެ/ ވ.ފެލިދޫ، ސާޖިދު އަބްދުލްމުހައިމިން (27އ) ކަމަށެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންް ގުޅިގެން ހިންގި އޮޕަރޭޝަންގައެއް ކަމަށެވެ. މިދިޔަ ބުދަ ދުވަހު ހިންގި މި އޮޕަރޭޝަންގައި މާލޭ މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނައިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މިތަކެތީގެ ވަގުތީ ބަރުދަނަކީ 51.30 ގުރާމެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.ފުލުހުން ބުނީ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
ގުޅުންހުރި

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވި މީހަކު 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ހިތަދޫގައި މަސްތުވާކެތި ބޭނުންކުރި ގެއެއް ބަންދުކުރުމަށް އަމުރެއް ނެރެފި




