
އީރާނުގެ މުހިންމު ސަރަހައްދުތަކަށް މިރޭގެ ވަގުތެއްގައި އެމެރިކާއިން ވަރަށް ވަރުގަދަ ޙަމަލާތަކެއް ދޭނެ ކަމަށް ބުނެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިރާނަށް އިންޒާރު ދީފި އެވެ.

ޓްރަމްޕް މިކަން އިޢުލާނު ކުރީ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ "ޓްރޫތު ސޯޝަލް" ގައި މިއަދު ކުރި ޕޯސްޓެއްގައެވެ.
މި އިންޒާރާއެކު މެދުއިރުމަތީގެ މަސްރަޙު މިހާރު ވަނީ ނުހަނު ބޮޑަށް ހޫނުވެ، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަން މި މައްސަލައަށް ވަނީ ހުއްޓިފައެވެ.
ޓްރަމްޕް ކުރި ބުނީ، މާ ބޮޑު ލަހެއް ނުވެ ކުރިއަށް އޮތް ތަނުގައި އެމެރިކާއިން އީރާނުގެ "ޚާރްގް އައިލެންޑް" އާއި، އެ ޤައުމުގެ ތެލުގެ އިންފްރާސްޓްރަކްޗާ ހުންނަ އެހެނިހެން މުހިންމު ސަރަހައްދުތައް އެމެރިކާގެ ބާރުގެ ދަށަށް ގެންނާނެ ކަމަށެވެ. އަދި ވެނެޒުއޭލާއާ މެދުވެސް އެމެރިކާއިން އަމަލުކުރި ގޮތަށް، އީރާނުގެ މުޅި ތެލާއި ގޭހުގެ ބާޒާރު އެމެރިކާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެންނާނެ ކަމަށްވެސް ޓްރަމްޕު ވަނީ ބުނެފައި އެވެ.
ޚާރްގް ރަށަކީ އީރާނުން ބޭރު ކުރާ ތެލުގެ ބޮޑު ބައެއް އެކްސްޕޯޓް ކުރާ އެންމެ މުހިންމު ބަނދަރު ކަމުން، މިއީ އީރާނުގެ އިޤްތިޞާދުގެ މައިބަދައަށް އަމާޒުކުރި ހަމަލާއެކެވެ.
މީގެ އިތުރުން، އީރާނުގެ އަސްކަރީ ޤާބިލުކަމާ ބެހޭގޮތުން ޓްރަމްޕް ވަނީ، އެ ޤައުމުގެ ހަތިޔާރު އެޅި ބާރުތަކުގެ ފުރިހަމަ ބާރާއި ވަސީލަތްތައް މިހާރު ވަނީ މުޅިން ސުންނާފަތިކޮށް ބަލިކަށިކޮށްލެވިފައި ކަމަށް ވިދާޅުވާ ވާހަކަ އަނެއްކާވެސް ތަކުރާރު ކޮށްފައެވެ. އެމެރިކާއިން އީރާނުގެ އަސްކަރިއްޔާއަށް ދެމުންދާ ގެއްލުންތަކުގެ ސަބަބުން، އީރާނަށް ދެން ރައްދު ޙަމަލާއެއް ދިނުމުގެ ފުރުޞަތު ކުޑަވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ގުޅުންހުރި

އީރާނުގެ ޚުމައިން ސިޓީއަށް އެމެރިކާއިން ހަމަލާ ދީފި

އެމެރިކާގެ ޙަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން އޯމާން، ޤަޠަރު އަދި ޔޫއޭއީއަށް މިސައިލް ޙަމަލާތަކެއް ދީފި

އެމެރިކާއިން އިރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި




