
-
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ނޫނު އަތޮޅުން ފެށިގެން ދާލު އަތޮޅާ ހަމައަށް މެޓް އޮފީހުން ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ބުނި ގޮތުގައި މި ސަމާލު ނެރެފައިވަނީ ރޭގެ 22:00 އިން ފެށިގެން މިއަދު ފަތިހު 04:00 އާ ހަމައަށެވެ.
މި ސަމާލުގެ މުއްދަތުގައި އެ ސަރަހައްދުގެ ރަށްތަކަށް އާންމުކޮށް 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައްވެސް ވަރަށް ބޮޑަށް ގަދަވެގެންދާނެ ކަމަށް މޫސުމާ ބެހޭ އޮފީހުން ލަފާކުރެއެވެ.
އިއްޔެއިން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާން ފަށާފައިވާއިރު މޫސުމާއި ބެހޭ ގައުމީ އިދާރާއިން ދަނީ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމީ ސަމާލުތައް ނެރެމުންނެވެ.




