
ފަތުރުވެރިކަން އިސްތިހާރު ކުރުމުގެ ގޮތުން 'އައި އެމް މޯލްޑިވްސް' ގެ ނަމުގައި ރޯޑް ޝޯއެއް މެލޭޝިޔާގައި ބާއްވައިފި
# ފަތުރުވެރިކަން# ރާއްޖެ - މެލޭޝިއާ-
ފަތުރުވެރިކަން އިސްތިހާރު ކުރުމުގެ ގޮތުން 'އައި އެމް މޯލްޑިވްސް' ގެ ނަމުގައި ރޯޑް ޝޯއެއް މެލޭޝިޔާގައި ބާއްވައިފި އެވެ.

މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ޖަމިއްޔާއެއް ކަމުގައިވާ ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެން. އެޗް. ޖީ. އޭ. އެމް) ގެ ފަރާތުން އިސްނަންގަވައިގެން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން މަޓާޓޯ އަދި ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ބައިވެރިވުމާއި އެކު މެލޭޝިޔާގެ ވެރިރަށް ކުއާލަލަންޕޫރުގައި 15 އޭޕްރިލް 2026 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
ކުއަލަލަންޕޫރުގެ ހޮޓެލް ބުކިޓް ބިންގްތަންގައި އިންތިޒާމް ކުރެވުނު، އެއްދުވަހުގެ މި ރޯޑް ޝޯގެ މަގްސަދަކީ ދިވެހިރާއްޖޭގެ ހޮޓާތަކާއި ގެސްޓްހައުސްތައް މެލޭޝިޔާގެ ފަތުރުވެރިންނަށް އިޝްތިހާރު ކުރުމެވެ. މިގޮތުން މެލޭޝިޔާގެ ގިނަ އަދަދެއްގެ ޓުއަރ އޮޕަރޭޓަރުން މި ރޯޑް ޝޯއަށް ޒިޔާރަތް ކުރިއެވެ. " އައި އެމް މޯލްޑިވްސް " ގެ ނަމުގައި މެލޭޝިޔާގައި ބޭއްވުނު މި އިވެންޓް އިފްތިތާޚް ކޮށްދެއްވަމުން މެލޭޝިޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ޓްރޭޑް ރެޕްރެސެންޓެޓިވް އަލްފާޞިލް އައްބާސް އާދިލް ރިޒާ، މެލޭޝިޔާއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު، ޑރ. މަރިޔަމް ޝަބީނާ އަހުމަދު ގެ ފަރާތްޕުޅުން މެސެޖެއް ހުށަހަޅުއްވައި ދެއްވިއެވެ.
މި މެސެޖްގައި، 2025 ވަނަ އަހަރު ހައިކޮމިޝަން އާއި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެން. އެޗް. ޖީ. އޭ. އެމް) އައި ދެމެދު ބޭއްވުނު ބައްދަލުވުމުގެ ނަތީޖާ މިހާ އަވަހަށް ހަގީގަތަކަށް ހައްދަވައިދެއްވި ކަމަށްޓަކައި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ރައީސް އަލްފާޞިލް އަބްދުﷲ ނަޝީދަށާއި، ނައިބުރައީސް އަލްފާޞިލް އަޙްމަދު ވަހީދަށް އަދި ޖަމިއްޔާގެ އެންމެހާ ހީވާގި މެންބަރުންނަށް ވަރަށް އިޙްލާސްތެރިކަމާއި އެކު ޝުކުރުދެންނެވިއެވެ.
އަދި މެލޭޝިޔާ އަކީ މިއަދު ދިވެހިރާއްޖެއާއި ވައިގެ ގުޅުން އެންމެ ރަގަޅު ގައުމު ކަމަށާއި، މެލޭޝިޔާގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރަން މިއީ ވަރަށް ރަގަޅު ވަގުތެއްކަމުގައި ސަފީރުގެ މެސެޖްގައި ފާހަގަ ކުރެއްވިއެވެ.
މި އިވެންޓަކީ ދިވެހިރާއްޖޭގެ ގިނަ އަދަދެއްގެ ހޮޓެލް އަދި ގެސްޓް ހައުސް ތަކެއްގެ މަންދޫބުންނާއި އެކު، ދިވެހިރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމުގެ ގޮތުން މެލޭޝިޔާގައި ބޭއްވޭ މިފަދަ ފުރަތަމަ ހަރަކާތެވެ. ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެން. އެޗް. ޖީ. އޭ. އެމް) ގެ ފަރާތުން ވިދާޅުވީ އެ ޖަމިއްޔާގެ މެންބަރުންގެ ފުރިހަމަ ސަޕޯޓް އިވެންޓަށް އޮތް ކަމަށާއި މި އިވެންޓްގެ ސަބަބުން މެލޭޝިޔާގައި ރާއްޖޭގެ ޓޫރިޒަމް ފުޅާވެގެން ދިއުމުގެ ފުރުސަތު ބޮޑުކަންވެސް އެފަރާތުން ފާހަގަކުރެއްވިއެވެ. މި ގޮތުން، ކޮންމެ އަހަރަކުވެސް މެލޭޝިޔާގައި މިރޯޑް ޝޯވް ކުރިޔަށް ގެންދިއުމަށް އެފަރާތުން ޝައުގު ވެރިކަން ފާޅުކޮށްފައިވެއެވެ.
މި އިވެންޓް ނިންމާލުމުގެ ރަސްމިއްޔާތުގައި މެލޭޝިޔާގައި ދިރިއުޅޭ ދިވެހި ކިޔަވާކުދީންގެ އެސޯސިއޭޝަން ކަމަށްވާ 'މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަން އޮފް މެލޭޝިޔާ (އެމް.އެސް.އޭ.އެމް.) ގެ ފަރާތުން ދިވެހި ސަޤާފީ ނެށުމެއް ހުށަހަޅައިދިނެވެ.
ގުޅުންހުރި

ފަތުރުވެރިކަން އިސްތިހާރު ކުރުމުގެ ގޮތުން 'އައި އެމް މޯލްޑިވްސް' ގެ ނަމުގައި ރޯޑް ޝޯއެއް މެލޭޝިޔާގައި ބާއްވައިފި

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްސަ ލޯނެއް ބީއެެމްއެލް އިން ތައާރަފްކޮށްފި

ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒުކޮށްގެން ހިންގާ ސިއްޙީ ފުރަތަމަ އެހީގެ ތަމްރީން ޕްރޮގްރާމް އިފްތިތާޙްކޮށްފި
.webp&w=3840&q=75)



