logoEN
WAMCO TOP 1
ކިނބިދޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް: 400 ކިލޯވޮޓްގެ އައު ޖެނެރޭޓަރު އިންސްޓޯލްކުރުމުގެ މަސައްކަތް ފަށައިފި

ކިނބިދޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް: 400 ކިލޯވޮޓްގެ އައު ޖެނެރޭޓަރު އިންސްޓޯލްކުރުމުގެ މަސައްކަތް ފަށައިފި

އަހުމަދު ޝުރާއު

logo

6/24/2026, 3:52:59 PM

# ފެނަކަ ކޯޕަރޭޝަން

-

ތ. ކިނބިދޫއަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލައަށް އަވަސް އަދި ދާއިމީ ޙައްލެއް ހޯދައިދިނުމަށްޓަކައި، އެ ރަށު އިންޖީނުގެއަށް އަލަށް ގެނައި 400 ކިލޯވޮޓްގެ ބިޔަ ޖެނެރޭޓަރު އިންސްޓޯލްކުރުމުގެ އަމަލީ މަސައްކަތްތައް ފެނަކަ ކޯޕަރޭޝަނުން މިއަދު ރަސްމީކޮށް ފަށައިފިއެވެ.

THE TRAVELLER AD

މިއީ ކިނބިދޫގެ ކަރަންޓު ނެޓްވޯކްގެ ޤާބިލުކަން އިތުރުކޮށް، ރަށުގެ ރައްޔިތުންނަށާއި އަމިއްލަ ވިޔަފާރިތަކަށް މެދުކެނޑުމެއްނެތި އިތުބާރުހުރި ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށްގެންދާ ވަރަށް މުހިންމު މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ އައު ޖެނެރޭޓަރު ބެހެއްޓުމަށް ބޭނުންވާ ޚާއްޞަ ފަންނީ ތައްޔާރީތަކާއި، ކޭބަލްތައް ގުޅުމާއި، އަދި އިންސްޓޯލްކުރުމުގެ އެންމެ ފަހުގެ މަރުހަލާތަކުގެ މަސައްކަތްތަކެވެ.

ކިނބިދޫއަކީ ފަހަކަށް އައިސް އާބާދީ އިތުރުވެ، ކަރަންޓު ބޭނުންކުރާ މިންވަރު ނުވަތަ "ލޯޑް" ވަރަށް ބޮޑަށް މަތިވަމުންދާ ރަށަކަށް ވުމުން، މިހާރު ބޭނުންކުރާ ސިސްޓަމަށް ވަނީ ވަރަށް ބޮޑަށް ބާރުބޮޑުވެފައެވެ. ސަރުކާރުގެ އަމާޒަކީ މި މަސައްކަތްތައް ވީއެންމެ އަވަހަކަށް ނިންމާލައި، އައު ޖެނެރޭޓަރުން ރަށަށް ކަރަންޓު ދޭން ފެށުމެވެ.

ފެނަކަ ކޯޕަރޭޝަނުން ހާމަކުރި ގޮތުގައި، މި އައު ޖެނެރޭޓަރުގެ މަސައްކަތް އެއްކޮށް ނިމި ވިއުގައާ ގުޅާލެވުމާއެކު، ގަދަ ހޫނު ދުވަސްވަރުގައްޔާއި ރޭގަނޑުގެ ވަގުތުތަކުގައި ރަށުން ކަރަންޓު ކެނޑެމުންދާ މައްސަލައަށް އެއްކޮށް ނިމުމެއް އަންނާނެއެވެ. އަދި މިއީ ކުރިއަށް އޮތް އަހަރުތަކަށް ރަށުގެ ހަކަތައިގެ ބޭނުންތައް ފުއްދައިދިނުމަށް ބޭނުންވާ ފުރިހަމަ ބެކްއަޕް ސިސްޓަމެއް ޤާއިމުވެގެންދާނެ ކަމެއްވެސް މެއެވެ. ރަށުގެ ކައުންސިލުންނާއި ރައްޔިތުން ވަނީ މި ދަތި ވަގުތުގައި ސަރުކާރުން ވެދެއްވި އަވަސް އެހީތެރިކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC