logoEN
WAMCO TOP 1
މިނިސްޓަރު ޝަހީމް ފީއަލީ ކައުންސިލާއި ބައްދަލުކުރައްވައިފި

މިނިސްޓަރު ޝަހީމް ފީއަލީ ކައުންސިލާއި ބައްދަލުކުރައްވައިފި

އަހުމަދު ޝުރާއު

logo

6/9/2026, 6:49:52 PM

# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

-

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ފ. ފީއަލީ ކައުންސިލްގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައި އެރަށުގެ ދީނީ ކަންކަން ކުރިއެރުވުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.

THE TRAVELLER AD

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، އެ ވުޒާރާގެ އިސްވެރިންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަޙްމަދު އަސްލަމް ވެސް ބައިވެރިވެވަޑައިގަތް ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.

މި ބައްދަލުވުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ފީއަލީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ އައު މިސްކިތުގެ މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބަލައި، އެކަން އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.

މީގެ އިތުރުން، ރަށުގެ މުޖުތަމައު ދީނީ ގޮތުން ހޭލުންތެރިކުރުވުމަށްޓަކައި، ފީއަލި ކައުންސިލާއި އިސްލާމީ ވުޒާރާ ގުޅިގެން އެރަށުގައި ދީނީ އެކި ޕްރޮގުރާމުތަކާއި ދަރުސްތައް ކުރިއަށް ގެންދާނެ ގޮތްތަކަކާ ގުޅޭގޮތުންވެސް ދެފަރާތުގެ މެދުގައި ޚިޔާލު ބަދަލުކުރެވުނެވެ. މި ބައްދަލުވުމަކީ ރަށްރަށުގެ ދީނީ ބިނާތަކުގެ ހާލަތު ރަނގަޅުކޮށް، ދީނީ ހޭލުންތެރިކަން އިތުރުކުރަން ސަރުކާރުން ކުރާ މަސައްކަތުގެ ބައެކެވެ.

ކޮމެންޓް
ފަހުގެ
HDC