logoEN
WAMCO TOP 1
ޕާޓީގެ އެތެރޭގައި އެއްވެސް ބައިބައިވުމެއް ނެތް، އާންމު މެންބަރުންނާއި ލީޑަރުން ތިއްބެވީ ރައީސްގެ ލީޑަރޝިޕްގައި ސާބިތުވެ: ޒަމީރު

ޕާޓީގެ އެތެރޭގައި އެއްވެސް ބައިބައިވުމެއް ނެތް، އާންމު މެންބަރުންނާއި ލީޑަރުން ތިއްބެވީ ރައީސްގެ ލީޑަރޝިޕްގައި ސާބިތުވެ: ޒަމީރު

އަހުމަދު ޝުރާއު

logo

6/22/2026, 2:31:12 PM

# މޫސާ ޒަމީރު

-

ޕީއެންސީގެ އެތެރޭގެ ބާރުތައް ކަނޑުވާލުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ބައެއް ލީޑަރުން އެކަހެރި ކުރައްވަމުންދާ ކަމަށާއި، ޚާއްޞަކޮށް ޕީއެންސީގެ ނައިބު ރައީސްކަމުގެ މަޤާމު އޭނާއަށް ނުދެއްވާނެ ކަމަށް ބުނެ އިދިކޮޅު ޕީއެންއެފްގެ އަޙްމަދު މުޞްޠަފާ ކުރި ތުހުމަތުތަކަށް ކުރީގެ ފައިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

THE TRAVELLER AD

ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ޒަމީރު ވަނީ، ޕާޓީގެ ތެރޭގައި އެއްވެސް ކަހަލަ ޚިޔާލުތަފާތުވުމެއް ނެތް ކަމަށާއި ލީޑަރޝިޕް އޮތީ ބަދަހިކޮށް ކަމަށް ވިދާޅުވެފައެވެ.

ޒަމީރު ވިދާޅުވީ، ސަރުކާރާއި ޕީއެންސީގެ އެންމެ ފުރަތަމަ އަދި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ދިވެހި ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައި، ރައްޔިތުންނަށް ބޭނުންވާ ކަންކަން އެންމެ ފުރިހަމައަށް ކޮށްދިނުމަށް ކަމަށެވެ. އެ މަސައްކަތްތަކާއެކު، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ޕީއެންސީން ވަމުންދާ ތައްޔާރީތަކުގައި، ޕާޓީގެ އެންމެ އިސް ލީޑަރުގެ ގޮތުންނާއި ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނަވާނީ ހަމަ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަމަށް އޭނާ ކަށަވަރުކޮށްދެއްވިއެވެ.

އިދިކޮޅުން ފަތުރަމުންދާ ދޮގު އަޑުތައް މުޅިން ދޮގުކުރައްވަމުން ޒަމީރު ފާހަގަކުރެއްވި ގޮތުގައި، ކެބިނެޓުގައި ތިއްބެވި އޭނާގެ އެކުވެރި ވަޒީރުންނާއި، ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންގެ އިތުރުން ޕީއެންސީގެ އާންމު ހުރިހާ މެންބަރުންވެސް ތިއްބެވީ ރައީސް މުޢިއްޒުގެ ފަހަތްޕުޅުގައި ނުހަނު ސާބިތުކަމާއެކުގައެވެ.

އަދި އެމަނިކުފާނުގެ ޤާބިލު ލީޑަރޝިޕަށް ޕާޓީގެ ފުރިހަމަ އިތުބާރާއި ތާއީދު އެބައޮތް ކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.

މުޞްޠަފާގެ ޕޯސްޓުގައި ޒަމީރާއި، ޣައްސާނާއި، އާދަމް ޝަރީފް ސިޔާސީގޮތުން އެކަހެރިކުރާ ކަމަށް ބުނެ ދައްކާފައިވަނީ ހަމަޖެހުން ނަގާލަން ދައްކާ ހަގީގަތެއް ނެތް ވާހަކަތަކެއްކަން ހާމަކުރައްވަމުން، ޕީއެންސީގެ ސަފުތައް ރޫޅާނުލެވޭނެ ކަމުގެ ޔަގީންކަން ޒަމީރު ވަނީ ދެއްވާފައެވެ.

ކޮމެންޓް
ފަހުގެ
HDC